މާލެ: 31°C

މިއަހަރުގެ ތެރޭގައި 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ބޮޑު: ފައިސަލް

January 30, 2024
5 ފަހަރު ބަލާފައި
މިއަހަރުގެ ތެރޭގައި 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ބޮޑު: ފައިސަލް
މިއަހަރުގެ ތެރޭގައި 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ބޮޑު: ފައިސަލް
ޗައިނާ މާކެޓްގެ ކުރިއެރުމަށް ބަލައި، މިއަހަރުގެ ތެރޭގައި ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ކޯޑިންގެ ދާއިރާއިން ދިވެހި ޒުވާނުނަށް ފުރުސަތު ހޯދައިދިނުމުގެ ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ލަފާކޮށްފައިވާނީ މިއަހަރު ދެ މިލިއަން ފަތުިރުވެރިން ރާއްޖެ ގެނައުމަށް ކަމަށެވެ. ނަމަވެސް މިފަހުން ޗައިނާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު މިއަހަރު ނިމޭއިރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމުގެ އުއްމީދު ބޮޑުކަމަށް ފައިސަލް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ކުރިއަރުވައި، ހާއްސަކޮށް ކޯޑިން ކަހަލަ ދާއިރާއަކުން ޒުވާނުން ބިނާވެގެން ދިއުމަކީ، އެކަމުގެ މަންފާ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ކުރާނޭ ކަމެއްކަމަށެވެ. މިގޮތުން މިހާރުވެސް ރާއްޖޭގެ އެކި ދާއިރާތަކަށް ހާއްސަކޮށް އެޕްލިކޭޝަންތައް ހެދިއްޖެ އެކަމުގެ މަންފާ ދިވެހި ޒުވާނުންނަށް ލިބި ގައުމުގެ އިގްތިސާދަށްވެސް އެކަމުގެ މަންފާ ލިބިގެންދާނޭ ކަމަށެވެ. މިގޮތުން ބުކިން ޑޮޓްކޮމް، އާއި އަލީ އެކްސްޕްރެސްފަދަ އެޕްލިކޭޝަންތައް ހެދިއްޖެ ނަމަ އެކަމުގެ މަންފާ ދިވެހި ޒުވާނުނަށް ކިތަންމެހާވެސް ރަނގަޅަކަށް ލިބޭނޭކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވަނީ ކައިރި މުސްތަގްބަލެއްގައި ދިވެހިރާއްޖެ އިސްތިހާރުކުރުމަށް ޒުވާނުންގެ ފަރާތުން އެޕްލިކޭޝަނެއް ތައްޔާރުކުރާތަން ފެނިގެންދާނޭކަމަށް އުއްމީދު ކުރާކަމަށް ވިދާޅުވެފައެވެ. ޗައިނާ މާކެޓުން ލިބެމުން އަންނަ ކުރިއެރުމަށް ބަލައި މިއަހަރުގެ ތެރޭގައި 2.3 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނޭކަމަށް އުއްމީދުކުރާކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވެފައިވާއިރު، ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ