މާލެ: 31°C

މި ސަަރުކާރުން މިހާތަނަށް ސޮވެރިން ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފިން: ސައީދު

February 25, 2024
3 ފަހަރު ބަލާފައި
މި ސަަރުކާރުން މިހާތަނަށް ސޮވެރިން ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފިން: ސައީދު
މި ސަަރުކާރުން މިހާތަނަށް ސޮވެރިން ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފިން: ސައީދު
އަދުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މިވީ ތިންމަސްދުވަހުގެ ތެރޭގައި ސޮވަރިން ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާނޭކަމަށް ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ހއ.ކެލައަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭނުންނުކޮށް ހުރީ 2 މިލިއަން އެމެރިކާ ޑޮލަރާއި، 2.4 މިިއަން ރުފިޔާ ކަމަށެވެ. ސޮވެރިން ޑިވޮލަޕްމެންޓް ފަންޑަކީ ރާއްޖެއިން ނަގާ ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި ރައީސް ޔާމިނުގެ ވެރިކަމުގައި ގާއިމްކުރި ފަންޑެކެވެ. ސައީދު ވިދާޅުވީ މިދިޔަ ސަރުކާރުން އެ ފަންޑުގައި ހުރި ފައިސާތައް މާރުކޮށް އެއްކޮށް ހުސްކޮށްލާފައިވާކަމަށެވެ. މި ސަރުކާރުން ފައިސާ ޗާޕް ނުކުރާނޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވިތާ އެންމެ 3 މަސްދުވަހުގެ ތެރޭގައި ސޮވެރިން ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި މިރޭޓުން ދާނަމަ މިއަހަރު ނިމޭއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 130 މިލިއަން ޑޮލަރު ޖަމާކުރެވޭނޭކަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުން ގެންގުޅޭ މާލީ ރިފޯމާއެކު ދެން ރާއްޖެ ދާނީ ފަސްބެލުމެއްނެތި ކުރިއަށް ކަމަށެވެ. މި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީ ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމަށާއި، އެގޮތުން ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރާނޭކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވެފައިވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ