އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފަތުރުވެން އެންމެ ގިނައިން އައި 10 ގައުމަކީ
- ޗައިނާ - 54،719 ފަތުރުވެރިން
- ރަޝިއާ - 41،583 ފަތުރުވެރިން
- އިޓަލީ - 39،962 ފަތުރުވެރިން
- އިނގިރޭސިވިލާތް - 37،942 ފަތުރުވެރިން
- އިންޑިއާ - 27،224 ފަތުރުވެރިން
- ޖަރުމަނު - 26،831 ފަތުރުވެރިން
- ފްރާންސް - 17،231 ފަތުރުވެރިން
- އެމެރިކާ - 13،543 ފަތުރުވެރިން
- ޕޮލެންޑް - 10،513 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 9،398 ފަތުރުވެރިން
ޓޫރިޒަމަށް މިހާރު ރާއްޖޭގައި 175 ރިސޯޓާއި 834 ގެސްޓްހައުސް އާއި 140 ސަފާރީގެ އިތުރުން 15 ހޮޓާ ދަނީ ހިންގަމުންނެވެ. ރާއްޖެއަށް އެވަރެޖްކޮށް މިހާރު ދުވާލަކު 7،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.
ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އާ ރިކޯޑެއް ގާއިމްކުރަން ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.






