މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަން އަށް އަރައިފި

މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަން އަށް އަރައިފި
ލިޔުން:
މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަން އަށް އަރައިފި އެވެ.
ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒް ކަމަަށްވާ 1.6 މިލިވަން ވަނަ ފަތުރުވެރިޔާ ރާއްޖެއައީ މިއަދު އެވެ. އެ ފަތުރުވެރިޔާއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އިން ވެލާނާ އިންޓަނެޝިނަލް އެއާޕޯޓުގައި ޚާއްޞަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި އެ ފަތުރުވެރިޔާއަށް ވަނީ ހަދިޔާ ދީފައެވެ. ރާއްޖެއަށް ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަކީ އިންޑިއާއަށް ނިސްބަތްވާ ސަންޖޭ ތޭޖަސް ކޮތަރީ ނަމަކަށް ކިޔާ ފަތުރުވެރިއެކެވެ.
ރައިސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަހަރުގެ ރިޔާސީ ބަޔާނުގައި ބުނެފައިވަނީ މި ހިނގާ 2022 ވަނަ އަހަރު ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރައްވާނެކަށް ސަރުކާރުން އަންދާޒާކުރައްވާ ކަމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދާ ބަލާއިރު މީ 23.1 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީން ދަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ހަމައަށް ރާއްޖެ އިސްތިހާރު ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 88 މާކެޓިން ކެމްޕެއިން، 41 ފެއާ، 6 ރޯޑްޝޯ، 10 ވާޗުއަލް އިވެންޓް، 17 ފެމިލިއަލައިޒޭޝަން ޓްރިޕް އަދި އެހެނިހެން 9 އިވެންޓް ހިމެނޭގޮތަށް 171 އަށް ވުރެގިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
މިއަހަރުވަނީ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިފައެވެ. މިއީ މި އެވޯޑް ރާއްޖެއަށް ލިބުނު 3 ވަނަ ފަަހަރެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
