މާލެ: 31°C

މަސްވެރިންނަށް މިހާތަނަށް 329 މިލިއަން ރުފިޔާ ދޫކޮށްފިން: ރައީސް

February 5, 2024
5 ފަހަރު ބަލާފައި
މަސްވެރިންނަށް މިހާތަނަށް 329 މިލިއަން ރުފިޔާ ދޫކޮށްފިން: ރައީސް
މަސްވެރިންނަށް މިހާތަނަށް 329 މިލިއަން ރުފިޔާ ދޫކޮށްފިން: ރައީސް
މަސްކިރުވާފައި މަސްވެރިންނަށް މިހާތަނަށް ނުދީހުރި ފައިސާގެ ތެރެއިން 329 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަދިވެސް އެބަހުރި ކަމަށާއި، އެފައިސާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދިނުންކަމަށެވެ. ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، މިފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް 190 މިލިއަނެއްހާ ރުފިޔާ ނުދެވި ހުރިކަމަށް ވިދާޅުވެފައެވެ. ރައީސް ޑރ.މުއިއްޒު ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 250 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރު ޝިޔާމަށް ރައްދުދެއްވަމުން ރައީސް ސޯލިހު ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރުގައި މިފްކޯއިން މަސްވެރިންގެ އަތުން މަސްކިރުވާފައި ނުދެވި ހުރި ފައިސާގެ އަދަދަކީ 185 މިލިއަން ރުފިޔާ ކަމަށެވެ. https://twitter.com/iameeru/status/1753374773974012312?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1753374773974012312%7Ctwgr%5E1c2400302d3db2d8a695ac6493fe67ad87b20afc%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F188224 ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް މަސް ކިރުވާފައި މަސްވެރިންނަށް ފައިސާ ދިނުން ވަރަށްބޮޑަށް ލަސްވަމުންދާ މައްސަލައަކީ މަސްވެރިން އަބަދުހެން ކުރަމުން އަންނަ ޝަކުވާއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ