މާލޭ ވިޔަފާރިބަނދަރުން ކޮންޓެއިނަރ ބޭލުމާއިއެރުވުމަށް ޑޮލަރުން ފީނަގަން ފަށައިފި

މާލޭ ވިޔަފާރިބަނދަރުން ކޮންޓެއިނަރ ބޭލުމާއިއެރުވުމަށް ޑޮލަރުން ފީނަގަން ފަށައިފި
ލިޔުން:
މާލޭ ވިޔަފާރި ބަނދަރަށް މުދާ ހިފައިގެން އަންނަ ބޯޓުތަކުގެ އޭޖެންޓުން ދައްކަމުން އަންނަ ސްޓިވަރޑޯރިން ފީ، ޑޮލަރުން ނަގަންފަށައިފިއެވެ.
ވިޔަފާރި ބަނދަރަށް މުދާ ހިފައިގެން އަންނަ ބޯޓުތަކުން ބަނދަރަށް ބާލާ އަދި އަރުވާ ކޮންޓެއިނާއިން މިހާތަނަށް ފީ ނަގަމުން އައީ ދިވެހި ރުފިޔާއިންނެވެ. މިބަދަލު ގެނެސްފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ކުރިން މި ފީ ނަގަމުން އައީ ޑޮލަރުންނެވެ.
މިކަމާ ގުޅޭގޮތުން އެމްޕީއެލުން ބުނީ މިހިނގާ އޭޕްރިލްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްޓިވަރޑޯރިން ފީ ޑޮލަރުން ނަގަމުން އަންނަ ކަމަށެވެ. އެމްޕީއެލުން ބުނީ މި ފީ ޑޮލަރުން ނަގަން ފެށުމާއެކު ކުންފުނީގެ އާމްދަނީއަށް ހެޔޮ ބަދަލެއް އައިސް، ބޭރުފައިސާ ހޯދުމަށް މިހާރުއޮތް ދަތިކަމަށް ވަރަށްބޮޑު ލުއިކަމެއް ލިބިގެންދާނޭ ކަމަށެވެ. މިހާތަނަށް އެމްޕީއެލަށް ބޭނުންވާ ބޭރުފައިސާ ހޯދަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.
އެމްޕީއެލުން ލަފާކުރާގޮތުގައި ސްޓިވަރޑޯރިން ފީ ޑޮލަރުން ނެގުމުން އަހަރެއްގެ މައްޗަށް އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 25 މިލިއަން ޑޮލަރު ލިބޭނެއެވެ. އަދި މިއީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވަރަށް މުހިއްމު ކަމެއްކަމަށްވެސް އެމްޕީއެލުން ވަނީ ފާހަގަކޮށްފައެވެ.
އެމްޕީއެލުން ކޮންޓެއިނާ ފީގެ ގޮތުގައި 20 ފޫޓުގެ ކޮންޓެއިނާއަކަށް 195 ޑޮލަރު ނަގާއިރު، 40 ފޫޓުގެ ކޮންޓެއިނާއަކަށް 211 ޑޮލަރު ނަގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
