މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު އުދުހުންތައް އަލުން ފަށަނީ

މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު އުދުހުންތައް އަލުން ފަށަނީ
ލިޔުން:
ގައުމީ އެއާލައިން މޯލްޑިވިއަނުން ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާއި، އަވައްޓެރި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވިއަނުން ބުނީ، ހަނިމާދޫން ޓްރިވެންޑްރަމަށް އަންނަ އޭޕްރިލްމަހުގެ 12 ވަނަ ދުވަހު ދަތުރުތައް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
ޓްރިވެންޑްރަމަށް ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ދެމެދު ހަފްތާއަކު ދެ ދުވަހު ބާއްވާނެއެވެ. އެއީ ހުކުރު އަދި ހޯމަ ދުވަހުއެވެ.
މި ދަތުރުތަކާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބި މި ސަރަހައްދުގެ އިގްތިސާދަށްވެސް އެކަމުގެ ރަނގަޅު އަސަރުތައް ކުރާނޭ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާއި، ޓްރިވެންޑްރަމާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުގެ ޓިކެޓް ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މިގޮތުން މޯލްޑިވިއަންގެ ޓިކެޓު ވިއްކާ އޮފީސްތަކުގެ އިތުރުން މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ޓިކެޓް ބުކް ކުރެވޭނޭކަމަށް އެ އެއާލައިނުން ބުނެއެވެ.
https://twitter.com/MaldivianAero/status/1765310587385311680
މޯލްޑިވިއަނުން އަވައްޓެރި ސްރީލަންކާގެ ކޮޅުބަށްވެސް ދަތުރުތައް ފެށުމަށް ނިންމާފައެވެ. ކޮޅުނބަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ތާވަލްކޮށްފައިވަނީ އޭޕްރިލްމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަނުން ހަފްތާއަކު ދެ ދުވަހު ކޮޅުނބަށް ދަތުރުތައް ބޭއްވުމަށް ނިންމާފައިވާއިރު، ދެކޮޅު ޓިކެޓްގެ އަގަކީ 222 ޑޮލަރެވެ. މިއީ ދިވެހި ރުފިޔާގެ ރަސްމީ ގަނެވިއްކުމުގެ ރޭޓުން ބަލާނަމަ، 3,423.24 ރުފިޔާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
