މާލެ: 31°C

މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އައުބޯޓެއް ރާއްޖެ ގެނެސްފި

May 8, 2024
2 ފަހަރު ބަލާފައި
މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އައުބޯޓެއް ރާއްޖެ ގެނެސްފި
މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އައުބޯޓެއް ރާއްޖެ ގެނެސްފި
މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އޭޓީއާރު މަރުކާގެ މުޅިން އައު ބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ. މޯލްޑިވިއަނުން ގެނައި މި ބޯޓު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު އެވެ. މިކަމަށްޓަކައި އައިލެންޑް އޭވިއޭޝަނުން ހާއްސަ ރަސްމިއްޔާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ ބޯޓުތަކާއެކު ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް އުދުހުންތައް ފެށިގެންދާނޭ ކަމަށެވެ. މިގޮތުން މިއަހަރުގެ ފަހުކޮޅު ދުރު މަންޒިލްތަކަށް ޤައުމީ އެއާލައިނުގެ ދަތުރުތައް ފެށިގެންދާނޭކަަން ވަޒީރު ފާހަގަކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ މިހާރުވެސް އޭޓީއާރު މަރުކާގެ އިތުރު ތިން ބޯޓަށް އޯޑަރުދީފައެވެ. މީގެ ތެރެއިން ބައެއް ބޯޓުތައް މިއަހަރުގެ ފިނިމޫސުމާއި އަންނަ އހަރުގެ ކުރީކުޅު ގެނައުމަށް މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމާފައެވެ. https://twitter.com/MaldivianAero/status/1788182540463046803 އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް މޯލްޑިވިއަންގެ ފްލީޓަށް އިތުރުވެފައިވާއިރު، މިއީ މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އައިލެންޑް އޭވިއޭޝަނުން ގެނައި ހަތަރުވަނަ އޭޓީއާރެވެ. މިއަދު ގެނެސްފައިވަނީ  އޭޓީއާރު 600-42 މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ 46 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ. އަދި މި ބޯޓަކީ މިހާރު މޯލްޑިވިއަނުން ބޭނުން ކުރަމުން އަންނަ ޑޭޝް ބޯޓުތަކަށްވުރެ، ޒަމާނީ ބޯޓެކެވެ. އެގޮތުން އޭޓީއާރު މަރުކާގެ މި ބޯޓުގެ ތެލުގެ ހަރަދާއި، މެއިންޓަނަންސް ހަރަދުވެސް ވަރަށްބޮޑުތަން ކުޑަވެގެންދާނޭކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މޯލްޑިވިއަންގެ ދަތުރުތަކުގެ ޑިމާންޑް ބޮޑުވެފައިވާއިރު، މިހާރުވެސް އެ އެއާލައިނުގެ އޮޕަރޭޝަންތަކުގައި އޭޓީއާރު މަރުކާގެ ތިން ބޯޓު ދަނީ ބޭނުންކުރަމުންނެވެ. އެއީ އޭޓީއާރު 600-42 މޮޑެލްގެ އިތުރުން 600-72 މޮޑެލްގެ ދެ ބޯޓެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ