މާލެ: 31°C

އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ބަހައްޓައިފި

March 19, 2023
2 ފަހަރު ބަލާފައި
އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ބަހައްޓައިފި
އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ބަހައްޓައިފި
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ޑޮލަރު އޭޓީއެއް އޯކިޑްމަގުގައި ބަހައްޓައިފިއެވެ. މއ ފާމުދޭރިގޭގައި ބަހައްޓާފައިވާ މި އޭޓީއެމްއިން އިސްލާމިކް ބޭންކް ޑޮލަރު އެކައުންޓް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޑޮލަރު ނެގޭނެ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ. އިސްލާމިކް ބޭންކްގެ ޑޮލަރު އޭޓީއެމްތަކުން ކޮންމެ ކަސްޓަމަރަކަށް ދުވާލަކު ނެގޭނީ 1،000 ޑޮލަރެއެވެ. މަހަކު ގިނަވެގެން ނެގޭނީ 5،000 ޑޮލަރު ކަމަށްވާއިރު، އަދި ދުވާލަކު 12،000 ޑޮލަރު ޖަމާކުރޭނެއެވެ. މި އޭޓީއެެމްއަކީ 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓީއެމްއެކެވެ. 24 ގަޑިއިރު ހިދުމަތް ލިބޭ މި އޭޓީއެމްއިން ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. މި އޭޓީއެމްއިން ޑޮލަރު ނަގަން މި ވަގުތު ބޭނުންކުރެވޭނީ އެމްއައިބީ ޕްލެޓިނަމް ކާޑު އެކަންޏެވެ. ނަމަވެސް ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. އިސްލާމިކް ބޭންކުން ކާޑު ނުލާ ޖަމާކުރުމުގެ ހިދުމަތް އެބޭންކުގެ ރުފިޔާ އޭޓީއެމްއިންވެސް ލިބެއެވެ. ދާދި ފަހުން އެމްއައިބީއިން ވަނީ ވިލިމާލޭގައިވެސް ފައިސާނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ބަހައްޓަފައެވެ. މީގެ އިތުރުން ރާއްޖެތެރޭގެ އެކި ރަށް ރަށުގައި ވެސް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތް ލިބެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ