މާލެ: 31°C

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހުޅުމާލެ ބްރާންޗް ހުޅުވައިފި

December 20, 2022
2 ފަހަރު ބަލާފައި
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހުޅުމާލެ ބްރާންޗް ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހުޅުމާލެ ބްރާންޗް ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކު(އެމްއައިބީ)ގެ ހުޅުމާލެ ބްރާންޗް އިއްޔެ ހުޅުަވައިފި އެވެ. ހުޅުމާލޭ ފިތުރޯނު މަގައި ހުންނަ ވަން އެވެނިއު އިމާރާތުގައި ގާއިމްކުރި އެމްއައިބީގެ އާ ބްރާންޗް، އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހުޅުއްވައި ދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ. އެމްއައިބީން ބުނީ މާލޭ ސަރަހައްދުގައި އެ ބޭންކުން ދެމުން އަންނަ ހިދުމަތް ފުޅާ ކުރުމަކީ އަމާޒެއް ކަަމަށާއި ހުޅުމާލެ ބްރާންޗް ގާއިމްކުރީ އެގޮތުން ކަަމަށެވެ. ހުޅުމާލެ ބްރާންޗް މިހާރު އަންނަމުންދާ ތަރައްގީއާ އެކު ހުޅުމާލެއަކީ ވިޔަފާރީގެ ހަބަކަށް ވަމުން އަންނާތީ ކަމަށް ވެސް އެ ބޭނުންކުން ބުންޏެވެ.
"ދިވެހިރާއްޖޭގެ ރެސިޑެންޝަލް އަދި ކޮމާޝަލް ހަބަށް ހެދުމަށް ޓަކައި ހުޅުމާލެއަށް މެދުނުކެނޑުމެއް ނެތި ގެންނަމުންދާ ތަރައްގީއާ އެކު، ގްރޭޓާ މާލެ ސަރަހައްދުގައި ބޭންކިން ހިދުމަތް ފުޅާކުރަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަލަށް މިހުޅުވި ބްރާންޗް އަދި އޭޓީއެމްއާއި ޕީއޯއެސް ނެޓްވޯކް މެދުވެރިކޮށް،" އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު މުފައްޟަލު އިދުރީސް ޚުމްރީ އެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.
އެމްއައިބީ ހުުޅުމާލެ ބްރާންޗް ހުޅުއްވައި ދެއްވުމަށް ފަހު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ކޮންވެންޝަނަލް ބޭންކިންގެ ބަދަލުގައި އެހެން ގޮތެއް ހޯދައިދޭން އެމްއައިބީ އުފެދުނީއްސުރެ މިހައިތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ކަމަށެވެ.' އެމްއައިބީގެ ހުޅުމާލެ ބްރާންޗް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ އާ ހިދުމަތެއް ކަމަށްވާ "ހައްޖު ސޭވިން އެކައުންޓް"ގެ ހިދުމަތް ވެސް ތައާރަފްކުރި އެވެ. އެއީ ހައްޖަށް ދާން ފައިސާ ރައްކާކުރަން އެދޭ ފަރާތްތަކަށް ހާއްސަކޮށްގެން އެ ބޭންކުން ފެށި ހިދުމަތެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ