މާލެ: 31°C

މަހުގެ އަގުބޮޑު ނުވަނީ ކޯލިޝަނާހެދި: ރައީސް ނަޝީދު

January 19, 2023
2 ފަހަރު ބަލާފައި
މަހުގެ އަގުބޮޑު ނުވަނީ ކޯލިޝަނާހެދި: ރައީސް ނަޝީދު
މަހުގެ އަގުބޮޑު ނުވަނީ ކޯލިޝަނާހެދި: ރައީސް ނަޝީދު
މަހުގެ އަގުބޮޑު ނުކުރެވެނީ ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީ ތަކާ ހެދި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭންކުރައްވަން ގދ. ކޮލަމާފުށީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ މަހުގެ އަގު ދައްކޮށް އޮތުން ގުޅިފައި ވަނީ ކޯލިޝަނާއި ކަމަށާއި ކޯލިޝަންގެ ވެރިންނަށް ދަށްކޮށް މަސްގަންނަން ލިބުމާ އެއީ ވަަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. މަހުގެ އަގު ދަށްކޮށްއޮތީ އެހެން ކަމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. "އިއްތިހާދު ހިފެހެއްޓުމަށް ސަރުކާރުން ނިންމީ މަހުގެ އަގު ދަށްކުރުމަށް، މަހުގެ އަގާ އިއްތިހާދާ އިންތިހާޔަށް ގުޅިފައި އޮތުމުން، އިއްތިހާދުގެ ވެރިންނަށް ދަށްކޮށް މަސް ގަންނާން ލިބުމާ އެއީ ވަރަށް ބޮޑު ގުޅުމެއް އޮތް ކަމެއް އެހެން ވީމަ ސަރުކާރުން ނިންމީ މަހުގެ އަގު ދަށްކޮށް ބާއްވަން" ނަޝީދު ވިދާޅުވިއެވެ. ރާއްޖެގަ މަހުގެ އަގު ބޮޑު ނުކެރެވެނީ އެމްޑީޕީ މެނިފެސްޓޯ ގައި ބުނެފައިވާ ގޮތަށް މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ފުޅާ ނުކުރާތީ ކަމަށާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ އޮތް ގޮތަށް ކުރިއަށް ގެންދަން ވަޒީރުން މަސަައްކަތް ކުރެއްވި ކަމަށެވެ. ސަރުކާރު ހިންގާ ޕާޓީތަކުގެ މެނިފެސްޓޯއާ އެއްގޮތަށް މަސައްކަތްތައް ގެންދަން ބާރު އަޅުއްވަމުން ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ