"މަހަ" ޕޯޓަލް – މަހާއި މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ ފަހި މަންސައެއް

"މަހަ" ޕޯޓަލް – މަހާއި މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ ފަހި މަންސައެއް
ލިޔުން:
މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ބާރުވެރި ކުރުމަށްޓަކައި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ޚާއްޞަ އީ -ކޮމަރސް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.
"މަހަ" މި ނަމުގައި ތަޢާރަފުކުރި މި އީ-ކޮމަރސް ދޮރުވަތި، ނުވަތަ ޕޯޓަލް އަކީ، އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށް، ހަފްތާ ސާދައިގެ މަގުޗާޓުގައި ކަނޑައަޅާފައިވާ ވަޢުދުގެ ދަށުން، ތަޢާރަފް ކުރި ޕޯޓަލް އެކެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން ޢަލީ އެވެ. މަހަ ޕޯޓަލްގެ އެޑްރެހަކީ www.maha.mv އެވެ. މިޕޯޓަލްގައި ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.
މަހަ ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޙުސައިން ޒާމިރު ވިދާޅުވީ، މަހަ ޕޯޓަލްއާއެކު މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަމާ ގުޅުންހުރި ތަކެތި އުފައްދާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ހުރެވެސް އެތަކެތި ވިއްކައި އާމްދަނީ ހޯދޭނެ މަގު ފަހި ވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ. އެގޮތުން ބީސީސީއާއި އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ސަރުކާރުގެ ތެރެއިން މިފަދަ ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ސާމިހް އާދަމް ދެއްކެވި ވާހަކަފުޅުގައި، ދިވެހި އުފެއްދުންތެރިކަން ކުރިއަރުވާ، ދިވެހިއުފެއްދުންތަކަށް ރާއްޖެއާއި ބައިނަލްއަޤްވާމީ ބާޒާރުތަކުން ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން ބީސީސީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އޮތެންޓިކް މޯލްޑިވްސްއަކީ ޖުމުލަ ގޮތެއްގައި ހުރިހާ ދިވެހި އުފެއްދުންތެރީންނަށް ހުޅުވާލެވިފައިވާ ދޮރެއްކަން ސާމިހް ވަނީ ފާހަގަކުރައްވާފައެވެ. އަދި މަހަ ޕޯޓަލްގެ މަޤްޞަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ވިޔަފާރީގެ ފުރުޞަތުތަކެއް ފަހިކޮށްދިނުން ކަން ވެސް ސާމިހް ފާހަގަކުރެއްވިއެވެ.
މަހަ ޕޯޓަލް ފަރުމާކޮށްފައިވަނީ ވިޔަފާރިތަކަށް ފަސޭހައިން ތަކެތި ވިއްކުމަށާއި، ގަންނަ ފަރާތާއި އުފައްދާ ފަރާތާއި ދެމެދު ފަސޭހައިން މުޢާމަލާތު ކުރެވޭނެ ގޮތަށެވެ. ބީސީސީގެ އުންމީދަކީ، "މަހަ" ޕޯޓަލް އާއެކު ދިވެހީންގެ ފަންނީ އަދި އީޖާދީ ވިސްނުމާއެކު ތަފާތު އީޖާދީ އުފެއްދުންތައް މި ސިނާއަތުން ފެނިގެން ދިއުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
