ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް ޖެހިލައިފި

ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް ޖެހިލައިފި
ލިޔުން:
މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް އަރައިފިއެވެ.
ބާޒާރުމަތީ ގިނަ ފިހާރަތަކުގައި ލުނބޯ ކިލޯއެއްގެ އަގު 95 ރުފިޔާއިން މަތީގައި އުޅޭއިރު، މާލެ އަދި ހުޅުމާލެ ސިޓީގެ އެއްގަމުގެ ގިނަ ފިހާރަތަކުން ލުނބޯ ކިލޯއެއް ވިއްކާ އަގު ވަނީ 100 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މާލޭގައި ފުޅާދާއިރާއެއްގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވިއްކާ އުފަންވެލި ފިހާރައިންވެސް މިއަދު ލުނބޯ ކިލޯއެއް ވިއްކަމުން ދިޔައީ 100 ރުފިޔާއަށެވެ. އެ ފިހާރައިން ވާހަކަދެއްކި މީހަކު ބުނީ، ލުނބޯގެ އަގު ހިފެހެއްޓުމެއް ނެތި މައްޗަށްދިއުމުގެ މައިގަނޑު އެއް ސަބަބަކީ ލުނބޯ ބޭރުން ގެނައުމުގައި ހުރި ދަތިކަމުގެ އިތުރަށް ގަންނަން ޖެހޭ ހަރަދުވެސް ކުރިއާ ހިލާފަށް ބޮޑުކަމުންނެވެ.
މިމަސް ފެށުނު އިރު ބާޒާރުގައި ލުނބޯ ކިލޯއެއް 25 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން ހުއްޓެވެ. ނަމަވެސް ދެހަފްތާއެއްހާ ދުވަސްފަހުން ލުނބޯ ކިލޯއެއްގެ އަގު ވަނީ 70 ރުފިޔާއަށް މައްޗަށްގޮސްފައެވެ.
ކޮންމެ އަހަރެއްގެވެސް މިދުިވަސްވަރު އާއްމު ގޮތެއްގައި ލުނބޯގެ އަގު މައްޗަށްދާކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ އަހަރުގެ މާރޗްމަހުގެ ކުރީކޮޅު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް އަރައިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.
ރަމަޟާންމަސް ކައިރުވެފައިވަނިކޮށް ލުނބޯގެ އަގު ބޮޑުވެފައިވާއިރު، މިދިޔަ އަހަރުގެ ކުރީއަހަރުވެސް ލުނބޯ ލިބުން ދަތިވެ މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 120 ރުފިޔާއަށް ބޮޑުވިއެވެ. އެންމެފަހުން ބާޒާރުގައި ލުނބޯގެ އަގު ދަށަށް ގޮސްފައިވަނީ އެސްޓީއޯއިން ރާއްޖެއަށް ލުނބޯ އެތެރެކޮށް ވިއްކަން ފެށުމުންނެވެ
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އިއްޔެ މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ކުރިއަށްއޮތް ރަމަޟާންމަހު އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.
މިގޮތުން ސީދާ ރައީސް ޑރ.މުއިއްޒު އަންގަވައިގެން އެސްޓީއޯ އަދި ޓްރޭޑް މިނިސްޓްރީގެ ވަރކިން ކޮމިޓީއެއް ހަދައިގެން ރައީސް އޮފީހުގެވެސް ބެއްލެވުމުގެ ދަށުން ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި ކުރެެން ހުރި މަސައްކަތްތަތަކީ ކޮބައިތޯ ބަލައި އެކަންކަން ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
