ޖެނުއަރީމަހު ޑޮލަރުން ލިބުނު އާމްދަނީ ދަށްވެއްޖެ

ޖެނުއަރީމަހު ޑޮލަރުން ލިބުނު އާމްދަނީ ދަށްވެއްޖެ
ލިޔުން:
މިދިޔަ އަހަރުގެ ޖެނުއަރީމަހަ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީމަހު ދައުލަތުގެ ޓެކްސް އިދާރާއަށް ބަލައިގަތް ބޭރުފައިސާގެ އަދަދު ދަށަށް ހިނގައްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ ޖެނުއަރީމަހުގެ ތަފާސްހިސާބު ރިޕޯޓަށް ބަލާއިރު، ހުސްވި ޖެނުއަރީމަހު ބޭރުފައިސާގެ ގޮތުގައި އެ އޮތޯރިޓީއަށް ބަލައިގަނެފައިވަނީ 102.7 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު، 10 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު މީރާއަށް ބޭރުފައިސާގެ ގޮތުގައި 112.7 މިލިއަން ޑޮލަރު ބަލައިގަތެވެ.
މީރާގެ ތަފާސްހިސާބަށް ބަލާއިރު، ޖެނުއަރީމަހު އާމްދަނީގެ ގޮތުގައި ޖުމްލަ 3.60 ބިލިއަން ރުފިޔާ ވަނީ ބަލައި ގަނެފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު، 6 އިންސައްތަ އިތުރުވުމެކެވެ.މިދިޔަ އަހަރުގެ ޖެނުއަރީމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އަދަދު އުޅެނީ 3.4 ބިލިއަން ރުފިޔާގައެވެ.
މިހިނގާ ޖެނުއަރީމަހުގެ ތެރޭގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ، އިންކަމްޓެކްސް، ޖީއެސްޓީ، ބިދޭސީންގެ ކޯޓާ ފީ، އަދި ބޭންކް ޕްރޮފިޓް ޓެކްސް ހިމެނެއެވެ. ޖެނުއަރީމަހު ލިބުނު އާމްދަނީ އިތުރުވުމުގައި ވިޔަފާރި ބޭންކުތަކުން އިންޓަރިމް ޕޭމަންޓްގެ ގޮތުގައި ދެއްކި އަދަދު އިތުރުވުންވެސް ހިމެނެއެވެ.
ޖެނުއަރީމަހު އިންކަމް ޓެކްސްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން 61.5 މިލިއަން ޑޮލަރު ނުވަތަ 943 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ހުސްވިމަހު ގްރީން ޓެކްސްގެ ގޮތުގައި 6.4 މިލިއަން ޑޮލަރު ލިބުނުއިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި 6 މިލިއަން ޑޮލަރު އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތޔގައި 6.1 މިލިއަން ޑޮލަރު ލިބުނެވެ.
މިހާރު ހިނގަމުން މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން މިހިނގާ ފެބުރުއަރީމަހުވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނޭކަމަށް ސަރުކާރުން ލަފާ ކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
