ރައްޔިތުން މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ނޮވެމްބަރު 17، 2023 އިން ފެށިގެން ފެބްރުއަރީމަހުގެ 20 ވަނަ ދުވަހާ ހަމަށް މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިންނާ ގުޅޭ ވައުދުތައް މި ސަރުކާރުން ދައުރުގެ ކުރީކޮޅު ފުއްދަވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެގޮތުން މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ފައިސާ ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު މި ދައުރުގެ ކުރީކޮޅު ފުއްދަވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވިއެވެ.ޖެނުއަރީ 14 ގެ ނިޔަލަށް ހުރި، މަސްވެރިންގެ ބިލްތައް މިއަދު ނިންމާނެ: މިފްކޯ

ޖެނުއަރީ 14 ގެ ނިޔަލަށް ހުރި، މަސްވެރިންގެ ބިލްތައް މިއަދު ނިންމާނެ: މިފްކޯ
ލިޔުން:
މިފްކޯއިން މަސްވެރިންގެ އަތުން މަސްކިރުވާފައި ނުދީ ހުރި ފައިސާގެ ތެރެއިން ޖެނުއަރީމަހުގެ 14 ގެ ނިޔަލަށް ނުދީ ހުރި ބިލްތަކަށް މިއަދު ފައިސާ ދޫކޮށް ނިންމާނޭކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ބުނީ، މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، މިކަމުގައި މަސްވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މިފްކޯގެ ސީއީއޯ އަދި މެނޭޖުމަންޓުގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށެވެ.
ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު، ނުދީ ގިނަދުވަސްވެފައިހުރި ފައިސާ ދޫކުރަން ފަށާފައިވަނީ ގއ.ކޫއްޑޫގައި މަސްވެރިން ކުރިއަށްގެންދިޔަ އިހުތިޖާޖަށްފަހު، މިމަހުގެ 21 ވަނަ ދުވަހުއެވެ.
ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 300 މިލިއަން ރުފިޔާއިން މަތީގައި އުޅޭއިރު، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިމަހުގެ 26 ގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ގެ ނިޔަލަށް ދޭނޭކަމަށް ވިދާޅުވެފައެވެ. އަދި ބާކީ 180 މިލިއަން ރުފިޔާ މާޗްމަހުގެ ތެރޭގައި ދޫކުރާނޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
