މާލެ: 31°C

އައިޓީބީ ފެއާއަށް މިނިސްޓަރ ތޯރިގު ޖަރުމަނުވިލާތަށް

March 3, 2025
334 ފަހަރު ބަލާފައި
އައިޓީބީ ފެއާއަށް މިނިސްޓަރ ތޯރިގު ޖަރުމަނުވިލާތަށް
އައިޓީބީ ބާލިން ފެއާގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ޖަރުމަނުވިލާތަށް ފުރާ ވަޑަިގެންފިއެވެ.

އައިޓީބީ ބާލިން ފެއާގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ޖަރުމަނުވިލާތަށް ފުރާ ވަޑަިގެންފިއެވެ.

މި މަހުގެ 4 އިން 6 ގެ ނިޔަލަށް ބާލިން އެގްޒިބިޝަން ގްރައުންޑްސްގަ އޮންނަ ޓޫރިޒަމް ފެއާ އާއި ގުޅުވައިގެން އެމްއެންޕީއާރުސީން ވަނީ ބާލިންގެ މަގުތަކުގައި ދުއްވާ ޓެކްސީތަކުގައި ރާއްޖޭގެ އިޝްތިހާރު ހަރުކުރަންވެސް ނިންމާފައެވެ.

މި ފަހަރުގެ ފެއާގައިވެސް ދިވެހިރާއްޖެއިން މަސައްކަތްކުރާނީ، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ ލީޑިންގ ޑެސްޓިނޭޝަންގެ ގޮތުގައި ޕްރޮމޯޓްކޮށް، ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށެވެ. އަދި ޓޫރިޒަމް މިނިސްޓަރު ތޯރިގުގެ މި ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރައްވާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އައިޓީބީ ފެއާ އަކީ ދުނިޔޭގައި ބާއްވާ ޓޫރިޒްމާއި ދަތުރޔފަރުރާ ގުޅޭ ވިޔަފާރީގެ އެންމެ ބޮޑު ޝޯއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ