އިޓަލީން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާން ފަށައިފި

އިޓަލީން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާން ފަށައިފި
ލިޔުން:
މިފަހަރުގެ ޓޫރިޒަމް ސީޒަނުގައި އިޓަލީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހިނގާ ޖެނުއަރީމަހުގެ ނިޔަލަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ އިޓަލީވިލާތުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިޓަލީ އުޅެނީ މި ލިސްޓުގެ 6 ވަނައިގައެވެ. މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީވިލާތުން ރާއްޖެއަށް ވަނީ 7,204 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ.
ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް މިދިޔަ ސަރުކާރުން ކުރި މަސައްކަތްތަކާއިއެކު މިދިޔަ އަހަރު، ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށްބޮޑަށް އިތުރުވާން ފަށާފައެވެ. މިގޮތުން ސަރުކާރުން ކުރި މަސައްކަތްތަކާއެކު 2022 ވަނަ އަހަރު ނިމެންއުޅެނިކޮށް އިޓަލީ ވިލާތުގެ ގައުމީ އެއާލައިން އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، އިޓަލީވިލާތުން ވަނީ 118,412 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އިޓަލީވިލާތަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ވަރަށް ހާއްސަ މާކެޓެކެވެ. ރާއްޖެއަށް 1972 ވަނަ އަހަރު ޓޫރިޒަމް ތައާރަފްވެގެން އާއިރު، ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރީ އިޓަލީވިލާތުގެ ރައްޔިތެކެވެ.
މިދިޔަ އަަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓޫން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 209,198 ޓޫރިސްޓުންނެވެ. ދެވަނަ އަށް ރަޝިއާއިން 209,146 ޓޫރިސްޓުން ޒިޔާރަތްކުރިއިރު، ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
