އިންޑިއާ މާކެޓް ވެއްޓި، އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް އިތުރުވެއްޖެ

އިންޑިއާ މާކެޓް ވެއްޓި، އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް އިތުރުވެއްޖެ
ލިޔުން:
އަވައްޓެރި އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށްގޮސް، އިޓަލީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް އިތުރުވާން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބަށް ބަލާއިރު، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 326,424 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 7 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 279,223 ގައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ޗައިނާ، އިޓަލީ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ. މީގެ ތެރެއިން އިޓަލީ އަދި ޗައިނާ ފާހަގަކުރެވެނީ މިފަހުން ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދެ ގައުމުގެ ގޮތުގައެވެ.
މިއަހަރުގެ މިހާތަނަށް ޗައިނާއިން 47,185 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީވިލާތުން ވަނީ 31,039 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓްގެ ދެވަނަ އިޓަލީ ހޯދާފައިވާއިރު، މިދިޔަ އަހަރު އެގައުމު އުޅެނީ ލިސްޓްގެ 6 ވަނާގައެވެ. އިޓަލީވިލާތަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ވަރަށް ހާއްސަ މާކެޓެކެވެ. ރާއްޖެއަށް 1972 ވަނަ އަހަރު ޓޫރިޒަމް ތައާރަފްވެގެން އާއިރު، ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރީ އިޓަލީވިލާތުގެ ރައްޔިތެކެވެ.
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކަށް ބަލާއިރު، އެންމެބޮޑަށް ދަށަށްދިޔަ މާކެޓެއްގެ ގޮތުގައި ފާހަގަކުރެވެނީ އިންޑިއާއެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 22,555 ފަތުރުވެރިން ޒިޔާރަތްކޮށް، ލިސްޓްގެ ފަސްވަނާގައި އުޅޭއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ.
އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިމިވަނީ ދެގައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުންނެވެ. އަވައްޓެރި އިންޑިއާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް މިހާރު އެންމެގިނައިން ގޮސް އުޅެނީ ސްރީލަންކާއަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
