އިންޑިއާގެ ޕޭމަންޓް ގޭޓްވޭ ޔޫޕީއައި ގެ ޙިދުމަތް ރާއްޖެއަށް ތަޢާރަފް ކުރަނީ

އިންޑިއާގެ ޕޭމަންޓް ގޭޓްވޭ ޔޫޕީއައި ގެ ޙިދުމަތް ރާއްޖެއަށް ތަޢާރަފް ކުރަނީ
ލިޔުން:
އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުުގައި ނެޝަނަލް ކޯޕަރޭޝަން އޮފް އިންޑިއާގެ ބައިނަލްއަގުވާމީ ވިޔަފާރިއާބެހޭ ކުންފުނިކަމުގައިވާ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑާއެކު އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފަށުމަށްޓަކައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރީއާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފައެވެ.
ރޭ ފޮރިން މިނިސްޓަރީގައި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމަނިއަމް ޖައިޝަންކަރު އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމަނިއަމް ޖައިޝަންކަރު ވިދާޅުވީ އުއްމީދުކުރަނީ ވަރަށް އަވަހަށް ރާއްޖޭގައި ޔޫޕީއައިގެ ޓްރާންސެކްޝަން ރާއްޖޭގައި ހިނގާތަން ފެނުން ކަމަށާއި، އޭގެ ސަބަބުން ޓޫރިޒަމަށް ވަރަށްބޮޑު ފައިދާއެއް ކުރާނެކަމަށެވެ.
ފޯނު މެދުވެރިކޮށް ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމް ޔުޕީއައި ޕޭމެންޓް ހިދުމަތަކީީ 2016 ވަނަ އަހަރުންފެށިގެން އިންޑިއާގައި ބޭނުންކުރަމުންއަންނަ ހިދުމަތެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
