އިނާމުތަކާއެކު، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ރަމަޒާން ބާޒާރު ފަށައިފި

އިނާމުތަކާއެކު، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ރަމަޒާން ބާޒާރު ފަށައިފި
ލިޔުން:
ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ބާއްވަމުންދާ އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ މަކިޓާ ޝޯވްރޫމް، އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމްއިންނެވެ (އަމީނީ މަގު، ނިޕޯން ޝޯރޫމް)، އަދި ލ. ފޮނަދޫގެ ފިހާރައިގައި ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
މި ޕްރޮމޯޝަނުގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި އެސްޓީއޯ "ރަމަޒާން ބާޒާރު" ގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސް ނިމުމުން ގުރުއަތު ނެގޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން، މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާރ އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ލިބޭނެއެވެ.
އޭގެ އިތުރުން،އެސްޓީއޯއިން ބުނީ ހަ ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ލިބޭނެ ކަމަށެވެ. އެގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ނިޕޯން ޕެއިންޓް އަކީ ސިންގަޕޫރްގެ ނަންބަރު ވަން ޕެއިންޓް ބްރޭންޑެކެވެ. އެސްޓީއޯއަކީ ނިޕޯން އަދި މަކިޓާގެ ރާއްޖޭގެ އޮތޮރަޒައިޑް ޑިސްޓްރިބިއުޓަރ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
