މާލެ: 31°C

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށިގެންދިއުމަކީ އިގްތިސާދީ އައު ބާބެއް ފެށުން: ސައީދު

March 13, 2024
2 ފަހަރު ބަލާފައި
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށިގެންދިއުމަކީ އިގްތިސާދީ އައު ބާބެއް ފެށުން: ސައީދު
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށިގެންދިއުމަކީ އިގްތިސާދީ އައު ބާބެއް ފެށުން: ސައީދު
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށިގެން ދިއުމަކީ އިގްތިސާދީ އައު ބާބެއް ފެށުން ކަމަށާއި، މިއީ ނަފާކުރަނިވި ހިދުމަތަކަށް ވެގެންދާނޭކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިއަދު ވަނީ އެސްޓީއޯއާއި ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ  އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. އަދި ވިޓޯލްގެ ފަރާތުން ސޮއިކުރެއްވީ ވިޓޯލް ގުރޫޕުގެ ޑިރެކްޓަރ ޖޭ އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބޯޓުފަހަރަށް ތެއޮ އެޅުމުގެ ހިދުމަތަކީ ރާއްޖޭގެ އިގްތިސާދު ޑައިވަރސިފައި ކުރަން ބަލާއިރު، ވަރަށް މުހިއްމުވާނެ ހިދުމަތެއް ކަމަށެވެ. ސައީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ ވެގެންދާނީ ބަންކަރިން ހިދުމަތްދޭ މުހިއްމު ތަނަކަށް ކަމަށާއި، ރާއްޖެ މިއޮތް ސަރަހައްދަކީ އެކަމަށް ވަރަށް އެކަށޭނެ ސަރަހައްދެއްގައި ކަމަށެވެ. ބަންކަރިން ހިދުމަތް ރާއްޖޭގައި ދޭން ބަލާއިރު، ގުދުރަތީގޮތުން މިކަމުގައި ލިބެންޖެހޭ ހުރިހާ ނަސީބެއް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން ކަނޑު މަޑުކަމާއި، ތިލަވުމަކީ ވަރަށްބޮޑު ނަސީބެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވިޓޯލް އާއި އެސް.ޓީ.އޯ އިން ސޮއި ކުރާ ޓާރމް ޝީޓް އަކީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިންގ ފިޔަފާރި  ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސް ވާ މުއްދަތެއްގައި ފުރިހަމަ ކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ކުރިން ސޮއިކުރެވޭ ޓާރމް ޝީޓެކެވެ. ވިޓޯލް ކުންފުންޏަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު، މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރ ފިއުލްގެ ގޮތުގައި ވިއްކައެވެ. މީގެ އިތުރުން ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަރ ސަޕްލަޔަރ، އަދި ސިންގަޕޯރގެ އެނެމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ. އެސްޓީއޯއިން ބުނީ، މި އެއްބަސް ވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާ އަކީ ބަނކްރަކިންގ ޙިދުމަތް ދިނުމަށް ބޭނުން ވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނާނެ ބާރޖް އަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެތެރެއިން ބައިންލްއަގުވާމީ ބަންކަރިނގް ހަބް އެއްގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުމެވެ. ވިޓޯލްގެ ބްރޭންޑް އާއި، ތަޖުރިބާ އާއި، ތެލުގެ ވިޔަފާރީގެ ގުޅުންތައް ބޭނުން ކޮށްގެން ދިވެހި ރާއްޖެ މާރކެޓް ކުރުމުން ރަނގަޅު ނަތީޖާ އެއް ފެންނާނެ ކަމަށް ދެކޭކަމަށް އެސްޓީއޯއިން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ