ހުޅުމާލޭގައި ހެދިކާ ވިއްކާ ތަންތަން ކުއްޔަށް ދޭން އިއުލާނުކޮށްފި

ހުޅުމާލޭގައި ހެދިކާ ވިއްކާ ތަންތަން ކުއްޔަށް ދޭން އިއުލާނުކޮށްފި
ލިޔުން:
ހުޅުމާލޭގައި ހެދިކާ ވިއްކާ ތަންތަން ކުއްޔަށް ހިފާނެ ފަރާތްތައް ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން، ހުޅުމާލޭ ފޭސް 2 ގައި ހެދިކާ ވިއްކަން ހަދާފައިވާ ހަތަރު "އާރބަން ޝެކް" ކުއްޔަށް ހިފަން ހުށަހެޅޭނީ ހުޅުމާލޭގެ ރަށްވެހިންނާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެކަނި ކަމަށެވެ.
އާރބަން ޝެކް ކުއްޔަށް ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއަދަތަކަށެވެ. އެ ތަންތަން ކުއްޔަަށް ހިފާ ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
އާބަން ޝެކް ކުއްޔަށް ލިބޭނެ ފަރާތްތައް ކަނޑައަޅާނީ ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ އާބަން ޝެކްތައް ލިބޭ ފަރާތްތަކުން އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަފްތާއެއްގެ ތެރޭގައި ހިދުމަތް ދޭން ނުފެށިއްޖެނަމަ އެ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އާބަން ޝެކްތަކުގެ އިތުރުން އާބަން ކިއޮސްކް ވެސް ކުއްޔަށް ދޫކުރަން ވެސް އެޗްޑީސީން ވަނީ ހުޅުވާލައިފަ އެވެ. އެއީ ހުޅުމާލޭގެ ނެއިބާހުޑް ހައެއްގައި ލުއިކާނާ އަދި ބުއިންތައް ވިއްކަން ހަދާފައިވާ ހަތަރު އާބަން ކިއޮސްކެވެ.
އާބަން ކިއޮސްކް ތަކަށް ފެނާއި ކަރަންޓާއި ފެން ވެސް ބޭނުންކުރެވެން ހުންނާނެ ކަަމަށާއި އެހެން ނަމަވެސް އެފަދަ ހިދުމަތްތައް ގުޅުމާއި އެ ހިދުމަތްތަކަށް އަގު ދެއްކުމަކީ ކިއޯސްކް ކުއްޔަށް ހިފާ ފަރާުތުގެ ކަމެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
