ހުޅުމާލެ ފޭސް އެކެއްގެ ރަށު މާރުކޭޓުން ގޮޅި ދޫކުރަނީ

ހުޅުމާލެ ފޭސް އެކެއްގެ ރަށު މާރުކޭޓުން ގޮޅި ދޫކުރަނީ
ލިޔުން:
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ރަށު މާރުކޭޓުން ބީލަމުގެ އުސޫލުން ގޮޅި ދޫކުރުމަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ އެ މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ، ބީލަމުގެ އުސޫލުން ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.
ގޮޅީތަކުގެ ބީލަން ފެށޭ އަގެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މަހަކަށް 3،500 ރުފިޔާ އެވެ.
ބީލަން ހުށަހެޅުމަށް ދީފައިވާ ތާރީހަކީ އަންނަ މާރޗްމަހުގެ 13 ވާ ބުދަ ދުވަހުގެ 09:30 ހުން ފެށިގެން 11:00 އާ ދެމެދު، އުމަރު ޒާހިރު އޮފީސް އިމާރާތުގެ 6 ވަނަ ފަންގިފިލާގައެވެ. ބީލަން ހުޅުވުމަށް ނިންމާފައިވަނީ އެދުވަހުގެ 11:00 ގައެވެ. އަދި ގޮޅި އިހުތިޔާރުކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗްމަހުގެ 20 ވަނަ ދުވަހު އެޗްޑީސީ އިމާރާތުގައެވެ.
އެޗްޑީސީން މިފަހަރު ދޫކުރުމަށް ނިންމާފައިވަނީ ރަށު މާރުކެޓުގެ ގޮޅިތަކުގެ ތެރެއިން 11 ގޮޅިއެކެވެ. ގޮޅިއެއްގެ ބޮޑުމިނަކީ 73.33 އަކަފޫޓެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
