ހުޅުމާލެ މަސްމާރުކޭޓް ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލެ މަސްމާރުކޭޓް ހިންގާނެ ބަޔަކު ހޯދަނީ
ލިޔުން:
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ވަގުތީ މަސްމާރުކޭޓް ހިންގާނޭ ބަޔަކު ހޯދުމަށް އެޗްޑީސީން އާއްމުކޮށް ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ވަގުތީ މަސްމާރުކޭޓް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާރޗްމަހުގެ ތިންވަނަ ދުވަހުގެ 09:30 ފެށިގެން 11:00 އާ ހަމަޔަށް ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ. އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުން ފޯމް ބަލައިގަތުމުގެ ކަންކަން ކުރިއަށްފާއިރު، ގުރުއަތު ނެގުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ 11:30 ގައެވެ.
ހުޅުމާލެ ވަގުތީ މަސްމާރުކޭޓުގެ ބޮޑުމިނަކީ 221 އަކަމީޓަރެވެ. މި މަސްމާރުކޭޓުގައި މަސް ބެހެއްޓުމަށް 6 އަށީގެ އިތުރަށް މަސް ކެނޑުމަށް ހާއްސަކޮށް 6 އަށި ހުރެއެވެ.
މަސްމާރުކޭޓް 1 އަހަރު ދުވަހުގެ ނިޔަލަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކުލީގެ ގޮތުގައި ދައްކަންޖެހެނީ މަހަކަށް 6،000 ރުފިޔާއެވެ. މަސްމާރުކޭޓް ހިންގާ ފަރާތުން ލީސް ޑިޕޮސިޓްގެ ގޮތުގައި 18،000 ރުފިޔާ ބަހައްޓަން ޖެހޭއިރު، މި ފައިސާ ދައްކަންޖެހެނީ އެތަން ލިބޭތާ 5 ދުވަހުގެ ތެރޭގައެވެ.
މަސްމާރުކޭޓް ހިންގުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
