"ހިޔަލަ ވީކަންޑް މާކެޓް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"ހިޔަލަ ވީކަންޑް މާކެޓް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ލިޔުން:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "ހިޔަލަ ވީކެންޑް މަރކެޓް"ގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ
އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި ވީކެންޑް މަރކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ. މިއީ ހަފްތާ ސާދައިގެ މަގު ޗާޓުގައި އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ވެފައިވާ ވަޢުދުގެ ދަށުން ބީސީސީން ކުރިއަށްގެންދާ މާކެޓެކެވެ.
މި މަރކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ. މި މަރކެޓްގައި ތަކެތި ވިއްކުމަށް ބެހެއްޓުމަށް ހަމަޖެހިފައިވަނީ 10 ކިއޮސްކެވެ.
މި ހަފްތާގެ ހުކުރު ދުވަހު، "ހިޔަލަ ވީކެންޑް މަރކެޓް" ފެށުމަށް ހަމަޖެހިފައިވާއިރު، މި މަރކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު މި ދެދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. "ހިޔަލަ ވީކެންޑް މަރކެޓް"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ހަފްތާއަކުވެސް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ވެއިޓްލިސްޓް ކުރާ ތަރުތީބުންނެވެ.
ކުދި ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް ވީކެންޑް މަރކެޓެއް ބޭއްވުމަށް ބީސީސީން ނިންމާފައިވާއިރު، އެސްއެމްއީ ހަބުގައި ބީސީސީން ވަނީ، ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެގޮތުން ކާބޯތަކެތި ވިއްކާ ބައެއް ކިއޮސްކުތަކުގެ ކުލި ކުޑަކޮށް މަހު ކުއްޔަށާއި ދުވަހު ކުއްޔަށް ދޫކުރަން ފަށާފައިވާއިރު މިހިނގާ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، ދިވެހި އުފެއްދުންތެރިންނަށް އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި، ހިލޭ އެކި އުފެއްދުންތައް މާކެޓް ކޮށް ވިއްކުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ދިވެހި އުފެއްދުންތަކަށް ރާއްޖޭގެ ރިސޯޓްތަކުންނާއި ރާއްޖެއާއި ރާއްޖެއިން ބޭރުން މަރކެޓް ހޯދައި ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
