މާލެ: 31°C
ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް

ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް

18 ފެބްރުވަރީ 2023
25 ފަހަރު ބަލާފައި
ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް
ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ. ހިޓާޗީގެ އާ އުފެއްދުންތައް ތައާރަފުކޮށްދެއްވީ ރޭ މިކަމަށް ހާއްސަކޮށް ބޭއްވި ހަފުލާއެއްގައި އެސްޓީއޯގެ ގެނެރަލް މެނޭޖަރު އަހުމަދު ޝިފާން އަދި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓަރ ސޭލްސް، ޓަނުން ޖައިން އެވެ. ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗަރ ތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަ މެޝިނާއި، މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒަރ ހިމެނެއެވެ. އާއުފެދުންތައް ރާއްޖެއަށް ތައާރަފު ކޮށްފައިވާއިރު އެސްޓީއޯގައި މިހާރުވެސް އަންނަނީ ރޯދަޔަށް ހާއްސަކޮށް ސޭލް އަޅުވާފައެވެ. އެގޮތުން ބޮޑެތި ޑިސްކައުންޓް ތަކާއެކު މިހާރު ހިނގަމުންދާ ޕްރޮމޯޝަން އޭޕްރިލް މަހުގެ 29 ވަނަދުވަހާ ހަމައަށް އޮންނާނެ ކަމަށް އެކުންނފުނިން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ