މާލެ: 31°C

އެފްއެސްއެމްގެ އާ 2 ތެޔޮ ބޯޓު ރާއްޖެ އަންނަން ފުރައިފި

April 19, 2023
2 ފަހަރު ބަލާފައި
އެފްއެސްއެމްގެ އާ 2 ތެޔޮ ބޯޓު ރާއްޖެ އަންނަން ފުރައިފި
އެފްއެސްއެމްގެ އާ 2 ތެޔޮ ބޯޓު ރާއްޖެ އަންނަން ފުރައިފި
ފިއުލް ސަޕްލައި މޯލްޑިވްސް އަށް ގެންނަ އައު 2 ބޯޓު މިހާރު ސުއެޒް ކެނަލް ހުރަސްކޮށް ރާއްޖެ އައުމަށް ދަތުރު ފަށައިފިއެވެ. އެފް.އެސް.އެމްއިން ބުނީ މި 2 ބޯޓު އެފް.އެސް.އެމްގެ ފްލީޓާއި ގުޅުމުން އެފް.އެސް.އެމް އޮޕަރޭޝަން އިތުރަށް ފުޅާ ވެގެން ދާނެކަމަށެވެ. މި ދެ ބޯޓަކީ 180،000 ލީޓަރުގެ ޑީސެލް އަދި 60،000 ލީޓަރުގެ ޕެޓްރޯލް ކެޕޭސިޓީއެއް ލިބިގެންވާ 2 ބޯޓުކަމަށް އެފް.އެސް.އެމްއިން ވަނީ ބުނެފައެވެ. މި ދެ ބޯޓަށް ދީފައިވާ ނަމަކީ "މާރެހި" އަދި "ރާބުޅާ" އެވެ. ފިއުލް ސަޕްލައި މޯލްޑިވްސްއަކީ އެސްޓީއޯގެ ބެލުމުގެ ދަށުން ހިނގަމުންއަންނަ އެސްޓޯއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ