މާލެ: 31°C

ފްލައިޓްތަކުގެ އިންޝުއަރެންސް ޕްރީމިއަމް މަތިކުރަން ވިސްނަނީ

May 28, 2024
2 ފަހަރު ބަލާފައި
ފްލައިޓްތަކުގެ އިންޝުއަރެންސް ޕްރީމިއަމް މަތިކުރަން ވިސްނަނީ
ފްލައިޓްތަކުގެ އިންޝުއަރެންސް ޕްރީމިއަމް މަތިކުރަން ވިސްނަނީ
ޓާބިއުލަންސްތައް އިތުރުވެ، ފްލައިޓްތަކަށާއި ފަޅުވެރިންނާއި، ފަސެންޖަރުންނަށް ގެއްލުންވަމުންދާތީ، އިންޝުއަރެންސް ޕްރީމިއަމް މައްޗަށް ޖައްސަން މަޝްހޫރު ބޮޑެތި އިންޝުއަރެންސް ކުންފުނިތަކުން ވިސްނުން ގެންގުޅެން ފަށައިފިއެވެ. އޭވިއޭޝަން އިންޑަސްޓްރީގެ ކަންކަން ދިރާސާ ފަރާތްތަކުން ބުނާ ގޮތުގައި ފްލައިޓްތަކާއި ފަސެންޖަރުންގެ އިންޝުއަރެންސް ޕްރީމިއަމް މަތިކުރުމަކީ މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ވަރަށް އެކަށީގެންވާ ކަމެކެވެ. އިންޝުއަރެންސް ޕްރީމިއަމް މަތިކުރާ ވާހަކަ ފެންމަތިވެގެން މިއައީ ސިންފަޕޫރު އެއާލައިންގެ ބޯޓެއް ވަރުގަދަ ޓާބިއުލަންސެއްގައި ޖެހި، އެކަކު މަރުވެ 30 މީހުން ޒަހަމްވެ ބޯޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނުތާ ހަފުތާއެއްވެސް ނުވަނީސް ގަތަރު އެއާވޭސްގެ ބޯޓެއް ބާރުގަދަ ޓާބިއުލަންސެއްގައި ޖެހި 12 މީހުން ޒަހަމްވި ހާދިސާއަށް ފަހުއެވެ. އިންޝުއަރެންސް ކުންފުނިތަކުން ބުނާ ގޮތުގައި ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބޮޑު ބަދަލުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވާނެ ގޮތްޖެހުންތައް އުތުރުވެ ނުރައްކާވުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑެވެ. އިންޝުއަރެންސް ކުންފުނިތަކުން ޕްރީމިއަމް އަގުބޮޑުކޮށް، އަދި ޝަރުތުތަކަށް ބަދަލު ގެނެސްފިނަމަ، ފްލައިޓް ޓިކެޓްގެ އަގުތައް އުފުލި، ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ