މާލެ: 31°C

ފިޔާ،އަލުވި އަދި ބިސް ބާޒާރުން ހުސްނުވާނޭ އިންތިޒާމެއް ހަމަޖައްސައިފިން: އެސްޓީއޯ

February 29, 2024
2 ފަހަރު ބަލާފައި
ފިޔާ،އަލުވި އަދި ބިސް ބާޒާރުން ހުސްނުވާނޭ އިންތިޒާމެއް ހަމަޖައްސައިފިން: އެސްޓީއޯ
ފިޔާ،އަލުވި އަދި ބިސް ބާޒާރުން ހުސްނުވާނޭ އިންތިޒާމެއް ހަމަޖައްސައިފިން: އެސްޓީއޯ
ފިޔާ،އަލުވި އަދި ބިސް ހުސްވުމެއްނެތި ލިބޭނޭ އިންތިޒާމް ގާއިމްކުރެވިފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ބާޒާރުގައި ފިޔާ،އަލުވި އަދި ބިހަށް ބޮޑު ޑިމާންޑެއް އޮވެއެވެ. އެސްޓީއޯއިން މިއަދު ބުނީ ރަމަޟާންމަހު ބާޒާރުން ފިޔާ،އަލުވި އަދި ބިސް ހުސްވިޔަ ނުދިނުމަށްޓަކައި އެތަކެތީގެ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. ފުރަތަމަ ޝިޕްމަންޓް މިއަދު ބާޒާރަށް ނެރެފައިވާއިރު، އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހޯލްސޭލް ސެންޓަރުގެ، އިތުރުން އެސްޓީއޯ އިންޑަސްޓްރިއަލް ވެލޭޖުން އެތަކެތި ވިއްކަން ވަނީ ފަށާފައެވެ. އެސްޓީއޯއިން ބުނީ ހޯލްސޭލްކޮށް މުދާ ދޫކުރާނީ ދެ ސަރަހައްދަކުން ކަމަށެވެ. އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން، އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުން ކަމަށެވެ. އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވުމަށް ހަމަޖެހިފައިވާއިރު، އެސްޓީއޯއިން ބުނީ އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނޭ ކަމަށެވެ. އާއްމުނަށް ވިއްކާ އަގުތައް:
  • ބިސް: 1.75 ރުފިޔާ
  • އަލުވި: 15 ރުފިޔާ
  • ފިޔާ: 20 ރުފިޔާ
އެސްޓީއޯއިން ބުނީ، ރަމަޟާންމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނައުމަށް ނިންމާފައިވާކަމަށެވެ. މީގެ ތެރޭގައި އެންމެ އިސްކަމެއްދޭނީ ހާއްސަކޮށް ބާޒާރުގައި އަގުތައް އަރައިގެން ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ