މާލެ: 31°C
ފިހާރަތަކުން މުދާވިއްކާ އަގުތައް ބަލައިލެވޭނެ ޕޯޓަލްއެއް އިކޮނޮމިކް މިނިސްޓްރީން ތަޢާރަފް ކޮށްފި

ފިހާރަތަކުން މުދާވިއްކާ އަގުތައް ބަލައިލެވޭނެ ޕޯޓަލްއެއް އިކޮނޮމިކް މިނިސްޓްރީން ތަޢާރަފް ކޮށްފި

1 މާރިޗު 2025
476 ފަހަރު ބަލާފައި
ފިހާރަތަކުން މުދާވިއްކާ އަގުތައް ބަލައިލެވޭނެ ޕޯޓަލްއެއް އިކޮނޮމިކް މިނިސްޓްރީން ތަޢާރަފް ކޮށްފި އެވެ.

ފިހާރަތަކުން މުދާވިއްކާ އަގުތައް ބަލައިލެވޭނެ ޕޯޓަލްއެއް އިކޮނޮމިކް މިނިސްޓްރީން ތަޢާރަފް ކޮށްފި އެވެ.

"އަގުމަގު" ޕޯޓަލް ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރި ޕޯޓަލް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު އެވެ. އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ "އަގުމަގު" ޕޯޓަލް އަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތުގެ އެއްބައި ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް ޕޯޓަލް އިން އަގުތަށް އަބަދުވެސް ފެންނަން ހުންނާނެ ކަމަށާއި، އެގޮތުން އެ ޕޯޓަލް އިން ފެންނަންހުންނާނެ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ