މާލެ: 31°C

ފެބްރުއަރީމަހު ރާއްޖޭގެ އެކްސްޕޯޓް އިތުރުވެއްޖެ

March 19, 2024
2 ފަހަރު ބަލާފައި
ފެބްރުއަރީމަހު ރާއްޖޭގެ އެކްސްޕޯޓް އިތުރުވެއްޖެ
ފެބްރުއަރީމަހު ރާއްޖޭގެ އެކްސްޕޯޓް އިތުރުވެއްޖެ
މިއަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު، ހުސްވި ފެބުރުއަރީމަހު ރާއްޖޭގެ އެކްސްޕޯޓް އިތުރުވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނެރެފައިވާ ފެބުރުއަރީމަހު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ތަފާސްހިސާބަށް ބަލާއިރު، އެމަހުގެ ތެރޭގައި 191 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. މިއީ މިއަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު، 18 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޖެނުއަރީމަހު ރާއްޖެއިން ބޭރުކުރި މުދަލަށް ޖެހެނީ 173 މިލިއަން ރުފިޔާއެވެ. ޖެނުއަރީމަހާ އަޅާބަލާއިރު، ފެބުރުއަރީމަހު ރާއްޖޭގެ އެކްސްޕޯޓް އިތުރުވިނަމަވެސް އަހަރުން އަހަރަށް ބަލާއިރު، އެކްސްޕޯޓް އުޅެނީ ދަށުގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރުގެ ފެބުރުއަރީމަހު ރާއްޖެއިން 232 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. https://twitter.com/CustomsMv/status/1770000960817070426 ފެބުރުއަރީމަހު ރާއްޖެއިން އެންމެގިނައިން މުދާ ބޭރުކުރި ޤައުމުތައް:
  1. ތައިލެންޑް: 95 މިލިއަން ރުފިޔާ
  2. އިނގިރޭސިވިލާތް: 30 މިލިއަން ރުފިޔާ
  3. ޖަރުމަނުވިލާތް: 25 މިލިއަން ރުފިޔާ
  4. ބަނގްލަދޭސް: 7 މިލިއަން ރުފިޔާ
  5. ފަރަންސޭސިވިލާތް: 5 މިލިއަން ރުފިޔާ
ފެބުރުއަރީމަހު ރާއްޖެއިން އެންމެ ގިނައިން ބޭރުކުރި މުދަލުގެ ތެރޭގައި ހިމެނެނީ ގަނޑުކުރި ކަޅުބިލަމަހާއި، ދަޅުމަހުގެ އިތުރުން ގަނޑުކުރި ކަންނެއްޔެވެ. މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓް ހުރިގޮތަށް ބަލާއިރު، 4.4 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. ފެބުރުއަރީމަހު ރާއްޖެއަށް އެންމެގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކެވެ. މީގެ އިތުރުން ދެން އެންމެގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާއި މެޝިނަރީގެ ބާވަތްތަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ