މާލެ: 31°C

ފެބްރުއަރީމަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

March 11, 2025
415 ފަހަރު ބަލާފައި
ފެބްރުއަރީމަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ފެބުރުއަރީ މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު   %5.4 އިތުރުވެއްޖެއެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު   %5.4 އިތުރުވެއްޖެއެވެ.

މިއަހަރުގެ ފެބުރުއަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 2.47 ބިލިޔަން ރުފިޔާ ވަނީ ލިބިފައިވާއިރު މި އަދަދަކީ މިދިޔައަހަރުގެ ފެބްރުއަރީމަހު ލިބުނު އާމްދަނީއަށްވުރެ %5.4 އިތުރު އަދަދެކެވެ.

ފެބުރުއަރީ މަހު ޖީއެސްޓީ ގެ ގޮތުގައި 1.23 ބިލިޔަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކްސް ގެ ގޮތުގައި 401.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިޔަން ރުފިޔާ އާއި، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 102.4 މިލިޔަން ރުފިޔާ އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އާމްދަނީ ލިބޭ 12 ދާއިރާއަކުން މިދިޔަ އަހަރުގެ ފެބްރުއަރީ މަށްވުރެ އާމްދަނީ ދަށްވި ނަމަވެސް 21 ދާއިރާ އަކުން މިދިޔަ އަހަރުގެ ފެބްރުއަރީމަހަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވެއެވެ.

މި މުއްދަތުގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118 މިލިޔަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ