އެއްދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ދޯންޏަކަށް ފީއަލީ "ބަންދަރީ" ދޯނި!

އެއްދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ދޯންޏަކަށް ފީއަލީ "ބަންދަރީ" ދޯނި!
ލިޔުން:
އެއްދަތުރުން އެންމެ ގިނައިން ކަންނެލި ބޭނުމުގެ ރިކޯޑް ފ.ފީއަލީ "ބަންދަރީ" ދޯނިން މުގުރާލައިފިއެވެ.
މިނިވަން ނޫހަށް މައުލޫމާތުދެމުން އެދޯނީގެ ކެޔޮޅު އަލީ ރަޝީދު ބުނީ މިދަތުރުގައި އެ ދޯނީގައި ހުރި ކަންނެލި 14 ޓަނަށްވުރެ ބަރުވާނެ ކަމަށެވެ. އެ ދޯނި މިހާރު އަންނަނީ އެންސިސްއަށް ކަންނެލި ކިރުމަށް ހުޅުމާލެއަށް ދަތުރުކުރަމުން ކަމަށް ކެޔޮޅު ބުންޏެވެ. މިއީ އެއްދަތުރުން އެދޯންޏަށް އެންމެ ގިނައިން ބޮޑު ކަންނެލި ބޭނުނު ދަތުރެވެ. މިއަދަދަށް ކަންނެލި ކިރިއްޖެނަމަ މި ދޯނި ވާނީ އެންސިސްގެ ތާރީހުގައިވެސް މިހާތަށް އެެއްދަތުރުން އެންމެ ގިނައިން ބޮޑު ކަންނެލި ކިރުވި ދޯންޏަށެވެ.
އެދޯނި ކަންނެލި ބޭނީ މަލިކާ ދިމާލުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ އުތުރުން ކަމަށް މައުލުމާތުލިބެއެވެ. މިރޭ ފަތިހުގެ ވަގުތެއްގައި މިދޯންޏަށް ހުޅުމާލެއަށް ވަދެވޭނެކަމަށް ކެޔޮޅު ބުންޏެވެ.
އެއްދަތުރުން އެންސިސްއަށް އެންމެ ގިނަ ކަންނެލި ކިރުވައިގެން މިހާތަނަށް ރިކޯޑް އޮތީ ހއ. އިހަވަންދޫ މާހޯރަ-3 ދޯނީގައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ދޯނިން 11 ޓަނު 865 ކިލޯގެ ބޮޑު ކަންނެލި އެންސިސްއަށް ކިިރުވާފައިވެއެވެ. އޭގެ ކުރިން މި ރިކޯޑް އޮތީ އއ ރަސްދޫ "ޒޫމް ފިޝަރ" ދޯނީގައެވެ. އެދޯނިން އެއް ދަތުރުން 11 ޓަނު 501 ކިލޯ ކިރުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
