މާލެ: 31°C

ދުބާއީ އެއާޕޯޓުގައި ފެންބޮޑުވެ ފްލައިޓްތަކުގެ ހިދުމަތް މެދުކަނޑާލައިފި

April 17, 2024
2 ފަހަރު ބަލާފައި
ދުބާއީ އެއާޕޯޓުގައި ފެންބޮޑުވެ ފްލައިޓްތަކުގެ ހިދުމަތް މެދުކަނޑާލައިފި
ދުބާއީ އެއާޕޯޓުގައި ފެންބޮޑުވެ ފްލައިޓްތަކުގެ ހިދުމަތް މެދުކަނޑާލައިފި
ދުބާއީއަށް ބޯކޮށް ވާރޭ ވެހި އެއާޕޯޓުގައި ފެންބޮޑުވުގެ ސަބަބުން ޕްއިޓްތަކުގެ ހިދުމަތް މެދުކަނޑާލަން ޖެހިއްޖެއެވެ. ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓްގެ އޮޕަރޭޝަންތައް 25 މިނެޓަށް އިއްޔެ މެދުކަނޑާލި ކަމަށެވެ. އޭގެ ސަބަބުން މަދުވެގެން 21 އައުޓްބައުންޑް ފްލައިޓާއި 24 އިންބައުންޑް ފްލައިޓް ކެންސަލްވި ކަމަށާއި ތިން ފްލައިޓެއް އެހެން އެއާޕޯޓަކަށް ޑައިވަރޓްކުރަން ޖެހުނު ކަމަށެވެ. އިއްޔެ ދުބާއީއަށް ކުރި ގަދަ ވިއްސާރާގައި އެއާޕޯޓުގެ ރަންވޭއާއި ޓެކްސީވޭގައި ގާތްގަނޑަކަށް ދެ ފޫޓަށް ފެންބޮޑުވިއެވެ. އެއާފޯޓު އިދާރާއިން މިއަދު ނެރުނު އިއުލާންގައި ބުނެފައިވަނީ އިއްޔެގެ ހުރިހާ ފްލައިޓްތަކަށް ބުރުއެރި ނަމަވެސް މޫސުން ތަންދޭ ވަރަކުން މިހާރު ދުބާއީ އިން ފުރާ ފްލައިޓްތަކުގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ. ނަމަވެސް މޫސުން ރަނގަޅުވަންދެން ދުބާއީއަށް ޖައްސާ ފްލައިޓްތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ. އެއާޕޯޓްގެ ތަރުޖަމާނަކާ ހަވާލާދީ ގަލްފް ނިއުސް އިން ބުނެފައިވަނީ ދުބާއީ އެއާޕޯޓަށް ނުޖެއްސިގެން ޕްލައިޓްތައް ޑައިވަރޓް ކުރާނީ އެންމެ ކައިރިން ޖާގަ ލިބޭ އެއާޕޯޓް ތަކަށެވެ. "އެއާޕޯޓުން ދަނީ އާންމު އޮޕަރޭޝަންތައް އަލުން ފަށައި ކަސްޓަމަރުންނަށް ދިމާވާ ދަތިތައް އެންމެ ކުޑަކުރުމަށް ރެސްޕޮންސް ޓީމުތަކާއި ސާވިސް ޕާޓްނަރުންނާ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން." ތަރުޖަމާނު ވިދާޅުވިއެވެ. https://twitter.com/aviationbrk/status/1780233575041786084   މީގެ އިތުރުން ފްލައިދުބައި އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ދުބާއީން ފުރާ ހުރިހާ ފްލައިޓެއް މިއަދު ހެނދުނު ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރާގައި އެއާޕޯޓުގެ އިތުރުން ދުބާއީގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ހުރަސް އެޅި ވިޔަފާރިތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ދުބާއިއަށް މިހާރު ކުރަމުންދާ ވިއްސާރާއިގެ އަސަރު އަވައްޓެރި ގައުމުތަކަށް ނުރައްކާތެރި މިންވަރަކަށް ދަނީ ކުރަމުންނެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ އޮމާންއަށް ކުރަމުންދާ ވިއްސާރާގައި 18 މީހަކު މަރުވެފައިވުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ