މާލެ: 31°C

ޑޮލަރު ގަނެވިއްކުމުގެ ރޭޓް ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ފަށައިފިން: ސައީދު

January 26, 2024
5 ފަހަރު ބަލާފައި
ޑޮލަރު ގަނެވިއްކުމުގެ ރޭޓް ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ފަށައިފިން: ސައީދު
ޑޮލަރު ގަނެވިއްކުމުގެ ރޭޓް ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ފަށައިފިން: ސައީދު
ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެމެރިކާ ޑޮލަރުގެ އެކްސްޗޭންޖު ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ފަށާފައިވާކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "އަހާ ފޯރަމް" ގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވީ، ބޭރުފައިސާ ލިބުމުގެ ދަތިކަން ހައްލުކުރުމަށްް ސަރުކާރުން މަސައްކަތްތަކެއް ފަށައިގެން ކުރިއަށްްގެންދާ ކަމަށެވެ. "މިހާރު އުފެދިގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ އަގުބޮޑުކޮށް ޑޮލަރު ގަންނަން ލިބޭ މައްސަލަ. ހަގީގަތުގައި ޑޮލަރުގެ ބްލެކް މާކެޓެއް އެބައޮތް.ރަސްމީ މާކެޓްގައި ޑޮލަރުގެ އަގު 15.42 ކަށް ހުއްޓަސް ވަރަށް އެކްޓިވް ބްލެކް މާކެޓެއް އެބައޮތް. މި ހަގީގަތް އަޅުގަނޑުމެން އެބަޖެހޭ ކުރިމަތިލާން" ސައީދު ވިދާޅުވިއެވެ. އިގްތިސާދީ ވަޒީރު ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ގައުމު އޮތީ ވަރަށް އެހެން ހާލަތެއްގައި ކަމަށެވެ. މިގޮތުން މި ސަރުކާރު ހަވާލުވިއިރު، ކުދި ވިޔަފާރިތަކަށް އެކަނިވެސް 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީއޮތްކަމަށާއި، މިއަދާ ހަމަޔަށް އާއިރު، އެއަދަދު 3.5 ބިލިއަން ރުފިޔާއަށް ތިރިކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ދަރަނީގެ ވާހަކަ އިތުރަށް ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު ނިމިގެންދިޔައިރު ރާއްޖޭގެ ޖުމްލަ ދަރަންޏަކީ 122 ބިލިއަން ކަމަށާއި، މި ސަރުކާރުގެ އަމާޒުހުރީ ދަރަނިތަކުން އަރައިގަނެ، އިގްތިސާދީގޮތުން ގައުމު ހަމަމަގަށް އެޅުވުމަށް ކަމަށެވެ. މި ފޯރަމްގައި ވަޒީރު ސައީދު ވަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިތަކަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް ބިދޭސީން ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް މިހާރުވެސް ފަށާފައިވާކަމަށެވެ. ބިދޭސީންނަށް ރާއްޖޭގެ ކުދި ވިޔަފާރިން ކުރަމުން އަންނަ ވިޔަފާރިތައް ކުރުމުގެ ހުއްދަ ނޯންނާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންނާއި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތައް ގުޅިގެން އެފަދަ ކަންކަން ބަލައި ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ