މާލެ: 31°C

އެއްދުވަހުން އެންމެ ގިނަ މަސްބޭނި ރިކޯޑު "ބާހިރާ" ދޯނިން މުގުރާލައިފި

December 3, 2022
2 ފަހަރު ބަލާފައި
އެއްދުވަހުން އެންމެ ގިނަ މަސްބޭނި ރިކޯޑު "ބާހިރާ" ދޯނިން މުގުރާލައިފި
އެއްދުވަހުން އެންމެ ގިނަ މަސްބޭނި ރިކޯޑު "ބާހިރާ" ދޯނިން މުގުރާލައިފި
އެއްދުވަހުން އެންމެ ގިނަ މަސްބޭނި ރިކޯޑު ގދ ފަރެސްމާތޮޑާ "ބާހިރާ" ދޯނިން މުގުރާލައިފިއެވެ. ބާހިރާ ދޯނިން މި ރިކޯޑް މުގުރާލީ 59 ޓަނުގެ މަސް ބާނައިގެންނެވެ. މީގެތެރެއިން 58 ޓަނު 660 ކިލޯގެ މަސް ކޫއްޑޫއަށް ވަނީ ކިރުވާފައެވެ. މިއީ މިފްކޯގެ ތާރީހުގައި ދޯންޏަކުން 1 ދުވަހުން އެންމެ ގިނަ މަސް ބާނައިގެން ކިރުވި ފަހަރެވެ. އެ ދޯނިން ކިރުވި މަހަށް 9 ލައްކަ 96 ހާސް ހާސް 34 ރުފިޔާ ވަނީ ލިބިފައެވެ. ބާހިރާ ދޯނީގެ ކެޔޮޅު ބުނީ ރިކޯޑް އަދަދަކަށް އެ ދޯނިން މަސް ބޭނީ އއ އަތޮޅާ ދިމާ ބޭރުން ކަމަށެވެ. ބާޚިރާ ދޯނިން ވަނީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު 51 ޓަނު 900 ކިލޯގެ މަސް ބާނާފައެވެ. ބާޚިރާ ދޯންޏަކީ ރާއްޖޭގައި ދުއްވާ މަސްދޯނިފަހަރުތަކުގެ ތެރެއިން އެންމެ ބޮޑު އަދި ވަސީލަތްތަކުގެ ގޮތުން އެންމެ ފުރިހަމަ އެއް މަސް ދޯންޏެވެ. 117 ފޫޓުގެ ދިގު މި ދޯންޏަކީ ދޯނީގެ އިންޖީނަކީ 1050 ހޯސްޕަވަރުގެ ބޮޑު އިންޖީނެކެވެ.

އެއް ދުވަހުން އެންމެ ގިމަ މަސް ބޭނި ރިކޯޑް މިއަދާ ހަމައަށް އޮތީ ގދ. މަޑަވެލީ 'ޓީއެސް' ދޯނީގައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ދޯނިން ވަނީ 57 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވާފައެވެ. އޭގެ ކުރިން މި ރިކޯޑް އޮތީ މީގެ 16 އަހަރު ކުރިން 52 ޓަނު ބާނައިގެން ގދ ތިނަދޫ ރަސްމަގު ދޯނީގައެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ