މާލެ: 31°C

ވިޔަފާރީގެ ގޮތުގައި ދަނޑުވެރިކަންކުރާ މީހުންގެ ދަފްތަރުގައި ޖެހުމަށް ހުޅުވާލައިފި

March 18, 2025
508 ފަހަރު ބަލާފައި
ވިޔަފާރީގެ ގޮތުގައި ދަނޑުވެރިކަންކުރާ މީހުންގެ ދަފްތަރުގައި ޖެހުމަށް ހުޅުވާލައިފި
ވިޔަފާރިއެއްގެ ގޮތުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން ދަނޑުވެރިކަން ކުރާ އަދި ކުރަން ބޭނުންވާ މީހުން ދަފުތަރުވާން އެގްރިކަލްޗަ މިނިސްޓްރީން ހުޅުވާލައުފި އެވެ.

ވިޔަފާރިއެއްގެ ގޮތުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން ދަނޑުވެރިކަން ކުރާ އަދި ކުރަން ބޭނުންވާ މީހުން ދަފުތަރުވާން އެގްރިކަލްޗަ މިނިސްޓްރީން ހުޅުވާލައުފި އެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށްޓަކައި އެ މިނިސްޓްރީއިން ވަނީ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައި ކަމަށެވެ.

އެގޮތުން އެ ދަފްތަރަށް މަޢުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ދަނޑުވެރިކަމުގައި ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި، ވިޔަފާރި އުސޫލުން ކުދިޖަނަވާރާއި ކުކުޅު ގެންގުޅޭ ފަރާތްތަކާއި، އަދި ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާފަރާތްތައްް ކަމަށެވެ.

މީގެ އިތުރުން ވިޔަފާރި އުސޫލުން އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށްވެސް އެ ދަފްތަރުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ މެއިލްއަށްް info@agriculture.gov.mv  ފޯމު ހުށަހަޅުމަށް އިއުލާނުގައި އެދިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ