މާލެ: 31°C

ޑިސެމްބަރު 29 އިން ޖެނުއަރީ ދެ އަކަށް ބީއެމްއެލް ބަންދު

December 27, 2022
2 ފަހަރު ބަލާފައި
ޑިސެމްބަރު 29 އިން ޖެނުއަރީ ދެ އަކަށް ބީއެމްއެލް ބަންދު
ޑިސެމްބަރު 29 އިން ޖެނުއަރީ ދެ އަކަށް ބީއެމްއެލް ބަންދު
މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ( އަންނަ ބުރާސްފަތި ދުވަހުން ފެށިގެން) ޖެނުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް ( އަންނަ ހޯމަ ދުވަހާ ހަމައަށް) ބޭންކް އޮފް މޯލްޑީވްސް ބަންދުވާނެ ކަން އެ ބޭންކުން މިއަދު އިއުލާނުކޮށްފި އެވެ. ބީއެމްއެލް އިން މިއަދު ނެރުނު ކުރު ނޯޓިސް އެއްގައި ބުނީ އެ ދުވަސްތަކުަގއި ބޭންކް ބަންދު ނަމަވެސް ބޭންކިންގެ ހިދުމަތްތައް ސެލްފް ސާވިސް އޭޓީއެމްތަކާއ،ި އިނަޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހިދުމަތް ހޯއްދެވޭނެކަމަށާއި ބަންދު ދުވަސްތަކުގައިވެސް އެ ބެންކުގެ ކޮންޓެކްޓް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށެވެ.   [embed]https://twitter.com/bankofmaldives/status/1606876499470319617?s=20&t=PjupMMj_BAa8lNBSx3PAMQ[/embed]   ކޮންމެ އަހަރަކު ވެސް އަހަރު ނިމުމާ ދިމާކޮށް ކުރަންޖެހޭ ބައެއް މަސައްކަތްތަކަށް ބޭންކު ބަންދުކުރެއެވެ. އާއަހަރާ ދިމާކޮށް ބޭންކު ބަންދު ކުރާއިރު ދެން ރަސްމީކޮށް ބެންކު ހުޅުވާނީ ޖެނުވަރީ މަހުގެ ދޭއް ވާ ހޯމަ ދުވަހު އެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ