މާލެ: 31°C

ޑިސެމްބަރު 28 ގެ ނިޔަލަށް ދައުލަތުގެ ހަރަދު 46.8 ބިލިއަން ރުފިޔާގައި

January 17, 2024
3 ފަހަރު ބަލާފައި
ޑިސެމްބަރު 28 ގެ ނިޔަލަށް ދައުލަތުގެ ހަރަދު 46.8 ބިލިއަން ރުފިޔާގައި
ޑިސެމްބަރު 28 ގެ ނިޔަލަށް ދައުލަތުގެ ހަރަދު 46.8 ބިލިއަން ރުފިޔާގައި
ޑިސެމްބަރުމަހުގެ 28 ގެ ނިޔަލަށް ދައުލަތުގެ މިދިޔަ އަަރުގެ ހަރަދުތައް 46.8 ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ ވީކްލީ ފިޒިކަލް ރިޕޯޓުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މިދިޔަ އަހަރުގެ ދައުލަތުގެ ޖުމްލަ ހަރަދު 46.8 ބިލިއަން ރުފިޔާގައި އުޅޭއިރު، އޭގެ ކުރީއަހަރު މިއަދަދު އުޅެނީ، 39.8 ބިލިއަން ރުފިޔާގައެވެ. ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓްގެ ޖުމްލަ އަދަދަކީ 49.3 ބިލިއަން ރުފިޔާއެވެ. ތަފާސްހިސާބަށް ބަލާއިރު، ދިސެމްބަރުމަހުގެ 28 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު އުޅެނީ 31.8 ބިލިއަން ރުފިޔާގައެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބުނު 22.8 ބިލިއަން ރުފިޔާ އާއި، ޓެކްސް ނޫން ގޮތްގޮތުން ލިބުނު 8.1 ބިލިއަން ރުފިޔާގެ އިތުރުން 820  މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ގްރާންޓްގެ ގޮތުގައި ހިމެނެނީ 515 މިލިއަން ރުފިޔާއެވެ. ފިނޭންސުން ނެރެފައިވާ ރިޕޯޓުގެ ތަފާސްހިސާބަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ހަރަދު 317 ބިލިއަން ރުފިޔާގައި އުޅޭއިރު، ކެޕިޓަލް ހަރަދު އުޅެނީ 15.1 ބިލިއަން ރުފިޔާގައެވެ. ވީކްލީ ފިޒިކަލް ރިޕޯޓުގެ އުސްއަލިތަކަށް ބަލާއި ޑިސެމްބަރުމަހުގެ 28 ގެ ނިޔަލަށް މުއައްޒަފުންގެ ދައުލަތުގެ މުއައްޒަފުންގެ މުސާރައާއި ޕެންޝަނަށް 11.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީގޮތުން ކުރަންޖެހުނު ހަރަދުތަކަށް 19.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމަށް 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އާސަންދައަށް 2.2 ބިލިއަން ރުފިޔާ، ސަބްސިޑީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ އަދި އެންސްޕާއަށް ވަނީ 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ