
ކޮވިޑް ލޯނުތަކަށް އަރާފައިވާ އިންޓަރެސްޓް ސަރުކާރުން މައާފްކޮށްދީފި
ކޮވިޑް ލޯނުތަކަށް އަރާފައިވާ އިންޓަރެސްޓް ސަރުކާރުން މައާފްކޮށްދީފި
ލިޔުން:
ކޮވިޑާ ގުޅިގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ދޫކުރި ލޯނުތަކަށް އަރާފައިވާ އިންޓަރެސްޓް މައާފްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
މިކަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވަނީ ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ކޮވިޑް ބަލިމަޑުކަމުގައި ދޫކުރި މި ލޯނުގެ އިންޓަރެސްޓް މައާފްކުރެއްވިކަން ހާމަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެދުވަސްވަރު ވަރަށް ގިނަ މީހުން ލޯނުތައް ނެގި ކަމަށާއި، އެ ލޯނުތަކަށް ފައިސާ ނުދެއްކިފައިވެސް ވަރަށް ގިނަ މީހުން އެބަތިބި ކަމަށެވެ. ރައީސް ވިދާޅުވީ ލޯނުތައް ނެގި ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގެ ތެރެއިން ލޯނަށް އިންޓަރެސްޓްގެ ގޮތުގައި އަރާފައިވާ ބައި މައާފްކޮށްދިނުމަށް ނިންމެވީ ކަމަށެވެ.
"އީދު ބަންދަށްފަހު އެސްޑީއެފްސީ ބޭންކަށް އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަ ކޮށްފައި އެޕްލައިކޮށް އެގްރިމެންޓް ހެދީމަ އިންޓްރެސްޓް މަފުވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލޯނަށް އިންޓަރެސްޓުގެ ގޮތުގައި އަރާފައިވާ އަދަދު ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް އެ ނުދެއްކިގެން އުޅޭކަން ފާހަގަކުރެވިފައިވާކަމަށާއި، އެބައި މައާފްކޮށްދިނުމަށް ނިންމެވުމުގެ މައިގަނޑު ސަބަބަކީ އެއީކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ކުރިން އޮތް ސަރުކާރުން ކުރަން އުޅެމެ، ނުވި މަސައްކަތެއް ކަމަށާއި، މި ސަރުކާރުން މިކަން މި ކުރީ އިންތިހާބާ ދިމާކޮށް ނޫންކަމަށެވެ. މިގޮތުން ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު މިކަންކުރަން ފެއްޓެވި ކަމަށްވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ކޮވިޑް ބަލިމަޑުގައި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ 380 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މި ލޯނުތައް 2000 ހަށްވުރެ ގިނަ މީހުން ނަގާފައިވާކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
