މާލެ: 31°C

ކޮރަލް ބޮލަވާޑުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރާ ދެކޮޅަށް ދައުވާ ކޮށްފި!

January 14, 2024
3 ފަހަރު ބަލާފައި
ކޮރަލް ބޮލަވާޑުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރާ ދެކޮޅަށް ދައުވާ ކޮށްފި!
ކޮރަލް ބޮލަވާޑުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރާ ދެކޮޅަށް ދައުވާ ކޮށްފި!
ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އަޅަން ކޮރެލް ބޮލެވާޑަށް ދިން ބިން އަތުލުމަށް ފަހު އެހެން ބިމެއް އެ ކުންފުންޏަށް ނުދިނުމުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި 426 މިލިއަން ޑޮލަރު ހޯދަން ދައުލަތާ ދެކޮޅަށް އެ ކުންފުނިން ދައުވާކޮށްފި އެވެ. އެއީ ދިވެހި ރުފިޔާއިން (މާރކެޓް ރޭޓުން) ބަލާނަމަ 7.6 ބިލިއަން ރުފިޔާއެވެ. 2013 ގައު އުފެދުނު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކޮރެލް ބޮލެވާޑަށް ރަސްފަންނު ކުރިމަތިން ދިން ބިން އަތުލުމަށްފަހު ހުޅުމާލެއިން އެ ކުންފުންޏަށް ބިމެއް ދޭން ނިންމީ ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ. ނަމަވެސް އެބިން ލިބިފައި ނުވާކަމަށް އެކުންފުނިން ބުނެއެވެ. މި މައްސަލާގައި ކޮރެލް ބޮލެވާޑް ކުންފުނިން ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އާ ބިމަށް އެތަން ބަދަލު ކުރެވިފައި ނުވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 426 މިލިއަން ޑޮލަރު ނުވަތަ 7.6 ބިލިއަން ރުފިޔާ އެކަމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ