މާލެ: 31°C

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު ހޯދަނީ

February 9, 2024
3 ފަހަރު ބަލާފައި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު ހޯދަނީ
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު ހޯދަނީ
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތީރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު ހޯދުމަށް ރައީސް އޮފީހުން އިއުލާނުކޮށްފިއެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު ހޯދުމަށް ރައީސް އޮފީހުން އިއުލާނުކޮށްފައިމިވަނީ މިހާރު އެމަގާމުގައި ހުންނެވި ފަތުޙުﷲ ޖަމީލް މަގާމުން އިސްތިއުފާދެއްވުމަށް ހުށަހަޅާފައިވާތީއެވެ. އެމަގާމަށް ފަތުހުﷲ އައްޔަނުކުރައްވާފައިވަނީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައު ފަތުހުﷲ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހަށް ކުރިމަތިލެއްވުމަށެވެ. ފަތުޙުﷲ ޖަމީލަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2003 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކޮމިޝަނަރ ޖެނެރަލް  އޮފް ޓެކްސޭޝަނުގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ފަތުޙުﷲ ހުންނެވީ ދިރާގުގެ މެނޭޖަރ ޓެކްސް، ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަޤާމުގައެވެ. ދައުލަތުގެ ޓެކްސް އިދާރާ ހިންގާ އެންމެ އިސްވެރިޔާ ހޯދުމަށް ރައީސް އޮފީހުން އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ފެބުރުވަރީ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ