ޗައިނާގައި ބާއްވާ އެންމެބޮޑު ވިޔަފާރީގެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

ޗައިނާގައި ބާއްވާ އެންމެބޮޑު ވިޔަފާރީގެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް
ލިޔުން:
ޗައިނާގައި ބާއްވާ އެންމެބޮޑު ވިޔަފާރީގެ ފެއާ، "ކެންޓޮން ފެއާ" ގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ، 135 ވަނަ ޗައިނާ އިމްޕޯރޓް އެންޑް އެކްސްޕޯރޓް ފެއަރ (ކެންޓޮން ފެއަރ) ގައި ދިވެހި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ފެއާ އިންތިޒާމްކުރާ ފަރާތުން އަންގާފައިވާކަމަށެވެ.
މިފެއަރ އަކީ ޗައިނާ ގައި ބާއްވާ އެންމެބޮޑު ފެއާ ކަމަށްވާއިރު، މިފެއަރ އިން ގިނަބާވަތްތަކުގެ ފެންވަރު ރަނގަޅު މުދާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ބައްލަވައިގަތުމާއެކު، އެކި ދާއިރާތަކުން ވިޔަފާރިތައް ކުރާފަރާތްތަކާއެކު ބިޒްނަސް މެޗް މޭކިންގ ހެދުމުގެ ފުރުޞަތު ވަރަށްބޮޑަށް ފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފެއަރގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އޮންލައިންކޮށް މިހާރު ރަޖިސްޓްރީ ވެވޭނެއެވެ.
ޗައިނާއަކީ މިހާރު ދުނިޔޭގެ ނިސްބަތުންވެސް އެންމެބޮޑު އެއް އިމްޕޯޓް އެކްސްޕޯޓް މާކެޓެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެގިނައިން މުދާ އެތެރެކުރާ އެއް ގައުމެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު އެކަނިވެސް ޗައިނާއިން ރާއްޖެއަށް 671 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
