"އެސްޓީއޯ ރަމަޒާން ބާޒާރު" ގެ ނަމުގައި އެސްޓީއޯއިން ރޭ ފެށި ޕްރޮމޯޝަންގައި ބޮޑުތި ޑިސްކައުންޓްތަކާއި އަގުހުރި ބޮޑެތި އިނާމުތައް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެސްޓީއޯގެ ރޯދަ ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ އެސްޓީއޯ ސުޕަމާޓުގައި ރޭ ބޭއްވި ހަފުލާގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރެވެ.

އެ ޕްރޮމޯޝަން މިމަހުގެ 22 އިން އޭޕްރިލް މަހުގެ 29 އާ ހަމައަށް އެސްޓީއޯ ޕީޕްލްސް ޗޮއިސް އަދި އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން ކުރިއަށްދާނެއެވެ. އެސްޓީއޯ މަކިޓާ ޝޯރޫމް އަދި ނިޕޯން ޕެއިންޓް ޝޯރޫމުގައި މިޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ފެބުރުއަރީމަހުގެ އެއް ވަނަ ދުވަހުން ފެށިގެން 29 އޭޕްރިލްގެ ނިޔަލަށެވެ.
މިފަހަރުގެ ރަމަޟާން ބާޒާރުގައި ލަކީޑްރޯގައި ބައިވެރިވެވޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓު، މަކިޓާ ޝޯރޫމް އަދި ނިޕޯން ޕެއިންޓް ޝޯރޫމުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށެވެ. މިފަހަރުގެ ޕްރޮމޯޝަންގެ ލަކީޑްރޯއިން އެއްވަނައަށްދާ ފަރާތަކަށް ދެބޭފުޅަކު އުމުރާއަށް ދިއުމަށް ދެކޮޅު ޓިކެޓު ލިބޭނެއެވެ.







