މާލެ: 31°C

ބީއެމްއެލް ލުއި ލޯނަށް އެދޭތާ ހަތަރު ގަޑިއިރުތެރޭ ފައިސާ ޖަމާކޮށްދެނީ

February 14, 2024
3 ފަހަރު ބަލާފައި
ބީއެމްއެލް ލުއި ލޯނަށް އެދޭތާ ހަތަރު ގަޑިއިރުތެރޭ ފައިސާ ޖަމާކޮށްދެނީ
ބީއެމްއެލް ލުއި ލޯނަށް އެދޭތާ ހަތަރު ގަޑިއިރުތެރޭ ފައިސާ ޖަމާކޮށްދެނީ
ބީއެމްއެލުން ދޫކުރާ ލުއި ލޯނާއި، ބީއެމްއެލް އިސްލާމިކުން ދޫކުރާ ޕާސަނަލް ފައިނޭންސިން ލޯނު ވަގުތުން އެޕްރޫވް ކޮށްދޭގޮތަށް ބޭންކުން ނިންމައިފިއެވެ. މީގެ ކުރިން ބީއެމްއެލުން ދޫކުރަމުން އައި ލުއި ލޯނު ޕްރޮސެސް ވަނީ ލާދުވަހުން ފެށިގެން ފަސް ވަރަކަށް ދުވަހުގެ ތެރޭގަ އެވެ. މިކަމާއި ގުޅޭގޮތުން ގައުމީ ބޭންކުން ބުނީ، އަލަށް ގެނައި ބަދަލުތަކާ އެކު ލުއި ލޯނު ދޫކުރުމުގެ ކަންކަން އަވަސްކޮށް ވަގުތުން ލޯން އެޕްލިކޭޝަން އެޕްރޫވް ކޮށްދޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އެޕްރޫވް ކުރާތާ ހަތަރު ގަޑިއިރުގެ ތެރޭގައި ބޭންކުން އެކައުންޓަށް ފައިސާ ޖަމާކުރެވިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ބީއެމްއެލުން ބުނީ އަލަށް ގެނައި މި ބަދަލު ޝަރުތު ހަމަވާ ބީއެމްއެލްގެ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޯބައިލް ބޭންކު މެދުވެރިކޮށް ލޯނާއި ފައިނޭންސް ލިބޭ އަދަދު ފެންނަން ހުންނާނޭ ކަމަށެވެ. އަދި އޮންލައިނުކޮށް ހުށަހެޅުމުން ލޯން އެޕްރޫވްކުރުމަށްފަހު 4 ގަޑިއިރުގެ ތެރޭގައި އެކައުންޓަށް ފައިސާ ޖަމާކޮށްދޭނޭ ކަމަށެވެ. ބީއެމްއެލުން ގެނައި މި ބަދަލާ ގުޅިގެން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާރލް ސްޓުމްކަ ވިދާޅުވީ، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމަކީ ބީއެމްއެލްގެ ސްޓްރެޓެޖީގެ މުހިއްމު އެއް ބައި ކަމަށެވެ. ބީއެމްއެލުން ދޫކުރާ ލުއި ލޯނުގެ އިންޓަރަސްޓް ރޭތަކީ 15 އިންސައްތައެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ