މާލެ: 31°C

ބީއެމްއެލްއިން ވަކިކުރި ދެ ޑިރެކްޓަރަކު އަނބުރާ ބޯޑަށް

January 27, 2024
4 ފަހަރު ބަލާފައި
ބީއެމްއެލްއިން ވަކިކުރި ދެ ޑިރެކްޓަރަކު އަނބުރާ ބޯޑަށް
ބީއެމްއެލްއިން ވަކިކުރި ދެ ޑިރެކްޓަރަކު އަނބުރާ ބޯޑަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަކިކުރި ދެ ޑިރެކްޓަރުން އަލުންް އަނބުރާ ބޯޑަށް އައްޔަނު ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ބޯޑުން ވަކިކުރި ޑިރެކްޓަރުންގެ ތެރެއިން އަލުން އެ މަގާމަށް އައްޔަނުކުރި ދެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ އައިޝަތު ސަޖުނީ އާއި ޢަބްދުﷲ ހަސަނެވެ. މި ދެ ޑިރެކްޓަރުން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި ދެ ޑިރެކްޓަރުންގެ އިތުރުން ބީއެމްއެލް ބޯޑުގައި ސަރުކާރުގެ ފަރާތުން ތަމްސީލްކުރާ ދެން ތިބި ޗެއާޕާސަން ޔޫޝައު ސައީދު، ޖުވޭރިޔާ ސައީދުގެ އިތުރުން މުހައްމަދު ޝަރާހުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މި ހުރިހާ ބޭފުޅުންނަކީވެސް ބީއެމްއެލްގެ ބޯޑަށް މިދިޔަ ސަރުކާރުގައި އައްޔަންކުރި ބޭފުޅުންނެވެ. ބޭންކް އޮފް މޯލްޑިވްސް ބޯޑުގައި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރައްވާ ޑިރެކްޓަރެއްގެ ގޮތުގައި އިންނަވަނީ އަހުމަދު މުހައްމަދެވެ. ގާތްގަނޑަކަށް 350،000 އެއްހާ ކަސްޓަމަރުން ތިބި ބީއެމްއެލްއަކީ ރާއްޖޭގެ ގައުމީ ބޭންކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ