މާލެ: 31°C

ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް އެޕް އަނެއްކާވެސް ޑައުން ވެއްޖެ

August 1, 2024
2 ފަހަރު ބަލާފައި
ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް އެޕް އަނެއްކާވެސް ޑައުން ވެއްޖެ
ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް އެޕް އަނެއްކާވެސް ޑައުން ވެއްޖެ
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ބޭންކް ކަމުގައިވާ ބޭންކްއޮފް މޯލްޑިވްސް ގެ މޯބައިލް އެޕް  އަނެއްކާވެސް ޑައުން ވެއްޖެއެވެ. އެޕް މެދުވެރިކޮށް ހޯދާ ޚިދުމަތްތަކަށް ބުރޫ އެރުމުން އެ ބޭންކުން ބުނެފައިވަނީ "ޑައުން ފޯ މެއިންޓެނަންސް" ނުވަތަ މަރާމާތަށް ބަނދު ކުރެވިފައި ވާކަމަށެވެ. އެހެން ނަމަވެސް ކުރިން އެންގުމަކާ ނުލާ އެހާ ގިނަބަޔަކު ޚިދުމަތް ހޯދާ އެޕްލިކޭޝަނެއް މަރާމާތަށް ބަންދު ކުރުމަކީ ބޮޑެތި ކުންފުނި ތަކުން ކުރާ ކަމެއް ނޫނެވެ. ދިމާވާ މައްސަލައެއްގެ ސަބަބުން ޚިދުމަތް މެދުކެނޑުމުން އެފަދަ ކަމެއް ވުން އެކަށީގެންވެއެވެ. ބީ އެމް އެލް ގެ މޯބައިލް އެޕަށް ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތަށް ދިމާވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ