ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބަހަނީ

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ބަހަނީ
ލިޔުން:
ދިވެހި ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިދިޔަ އަހަރު ބީއެމްއެލްގެ ވިޔަފާރިއާ ގުޅޭގޮތުން އެ ބޭންކުން ބުނީ ޓެކްސްއަށް ކެނޑުމަށްފަހު ރެކޯޑް އަދަދެއްކަމަށްވާ، 2.07 ބިލިއަން ރުފިޔާ، ފައިދާގެ ގޮތުގައި ރެކޯޑް ކުރެވިފައިވާކަމަށެވެ.
ބީއެމްއެލްއިން ވަނީ ކުރިއަށްއޮތް އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ނިންމާފައެވެ. އެއާއެކު ޖުމްލަ 269 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާނެއެވެ. ބީއެމްއެލްގެ ބޯޑުން ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ނިންމި ނަމަވެސް އެ އަދަދު ފާށްކުރާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމުކަ ވިދާޅުވީ މިއީ ބީއެމްއެލްގެ ތާރީހުގައިވެސް 2 ބިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދެއް ފައިދާގެ ގޮތުގައި ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިފަހަރު ވެގެންދާނީ ބޭންކުގެ ތާރީހުގައިވެސް ހިއްސާދާރުންނަށް އެންމެ ގިނައިން ހިއްސާގެ ފައިދާ ދޫކުރާ ފަހަރު ކަމަށްވެސް ސްޓުމުކަ ފާހަގަ ކުރެއްވިއެވެ.
https://twitter.com/bankofmaldives/status/1775801473030553606
ބީއެމްއެލްއަށް މިދިޔަ އަހަރު މާލީގޮތުން ލިބުނު ފައިދާއާ އެކު ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާގެ އިތުރުން މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި 628 މިލިއަން ރުފިޔާ ލިބޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
