މާލެ: 31°C

ބީއެމްއެލް ކާޑުތަކުން ޑޮލަރު ލިމިޓްކުރަންއުޅޭ ވާހަކަ ފިނޭންސުން ދޮގުކޮށްފި

February 12, 2024
3 ފަހަރު ބަލާފައި
ބީއެމްއެލް ކާޑުތަކުން ޑޮލަރު ލިމިޓްކުރަންއުޅޭ ވާހަކަ ފިނޭންސުން ދޮގުކޮށްފި
ބީއެމްއެލް ކާޑުތަކުން ޑޮލަރު ލިމިޓްކުރަންއުޅޭ ވާހަކަ ފިނޭންސުން ދޮގުކޮށްފި

ބީއެމްއެލް ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ އަދަދު ލިމިޓްކުރަންއުޅޭކަމަށް ދެކެވެމުންދާ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ޑޮލަރު ބޭނުން ކުރެވޭ އަދަދު ލިމިޓްކުރަން އުޅޭކަމަށް މީޑިއާތަކުން ފަތުރަމުންދަނީ އެއްވެސް ކަހަލަ އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ.

ފިނޭންސުން ބުނީ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރުފައިސާ ނަގަން ކަނޑައެޅިފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ގައުމީ ބޭންކުން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރުފައިސާގެ ބާޒާރަށް ހެޔޮބަދަލުތައް ގެނައުމަށް ފިނޭންސް މިނިސްޓްރީ އާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބީއެމްއެމް ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރަމުން ފިނޭންސުން ބުނީ ބޭރުފައިސާ ލިބޭނޭ މަގުތައް ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

ބީއެމްއެލް ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ އަދަދު ލިމިޓް ކުރުމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ބުނެފައިވަނީ ޑޮލަރު ލިބުމުގެ ހާލަތު ރަނގަޅު ނުވާނަމަ ކުރިއަށް އޮތްތަނުގައި ކާޑުތަކުން ބޭރުފައިސާ ނެގޭ އަދަދު 10 އިންސައްތަ ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ. ބީއެމްއެލް ވިސާ ޑެބިޓް ކާޑުން މިހާރު މަހެއްގެ މައްޗަށް 250 ޑޮލަރަށް ވާވަރަށް މުއާމަލާތް ކުރެވޭއިރު، ކްރެޑިޓް ކާޑުތަކުން 750 ޑޮލަރަށް ވާވަރަށް މުއާމަލާތް ކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ