މާލެ: 31°C

ބޭނުންނުކުރާތާ 5 އަހަރުވީ އެކައުންޓްތައް އުވައިލަން، ސީބީއެމުން ލިސްޓް އާއްމުކޮށްފި

March 9, 2023
2 ފަހަރު ބަލާފައި
ބޭނުންނުކުރާތާ 5 އަހަރުވީ އެކައުންޓްތައް އުވައިލަން، ސީބީއެމުން ލިސްޓް އާއްމުކޮށްފި
ބޭނުންނުކުރާތާ 5 އަހަރުވީ އެކައުންޓްތައް އުވައިލަން، ސީބީއެމުން ލިސްޓް އާއްމުކޮށްފި
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގައި ހުޅުވާފައިވާ 100 އަށް ވުރެ ގިނަ އެކައުންޓުން އެއްވެސް މުއާމަލާތެއް ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވުމުން، އެ އެކައުންޓްތައް ބަންދުކުރުމުގެ މަރުހަލާ ފަށައިފި އެވެ. ބޭންކިން ގާނޫނު ބުނާ ގޮތުން ބޭންކް އެކައުންޓެއްގެ ވެރިފަރާތުން، އެ އެކައުންޓް މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ނުކުރާތާ ވިދިވިދިގެން ފަސް އަހަރު ވުމުން، އެއީ "ޑޯމެންޓް އެކައުންޓް" އެއް ކަމަށް ކަނޑައަޅައި އެކައުންޓް ބަންދުކުރެވޭނެ އެވެ. އެގޮތަށް އަމަލުކުރާނީ އެ އެކައުންޓަކާ ބެހޭ ގޮތުން ބޭންކަށް ލިއުމެއް ވެސް ފޮނުވާފައި ނުވާ ނަމަ އެވެ. ސީބީއެމް އިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޖެހި އިއުލާނެއްގައިވާ ގޮތުން، އެ ބޭންކްގައި ހުރި އެފަދަ އެކައުންޓްތަކާ މެދު އަމަލުކުރަންވީ ގޮތެއް އަންގައި ދޭން، މުހުލަތެއް ދީ ކަސްޓަމަރުންނަށް ވަނީ ސިޓީ އެއް ފޮނުވައިފަ އެވެ. އެގޮތަށް ސިޓީ ފޮނުވުމަށް ފަހު ދެން އޮންނަ މަރުހަލާ އަކީ އެފަދަ އެކައުންޓްތަކުގެ މައުލޫމާތު ސަރުކާރުގެ ގެޒެޓާއި ނޫސްތައް މެދުވެރިކޮށް އާއްމު ކުުރުމެވެ. އެ ކައުންޓްތައް  ބަންދުކޮށް އެކައުންޓްތަކުގައިވާ ފައިސާ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އާ ހަވާލުކުރާނީ މައުލޫމާތު އާއްމުކުރާތާ 60 ދުވަސް ވާއިރު، ކަސްޓަމަރުންގެ އިޖާބައެއް ނުލިބިއްޖެ ނަމަ އެވެ. ސީބީއެމް އިން މިދިޔަ އަންގާރަ ދުވަހު ޖެހި އިއުލާނުގައި އެފަދަ 121 އެކައުންޓެއްގެ މައުލޫމާތު ހިމެނޭ ލިސްޓެއް އާއްމު ކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ